ލައިފްސްޓައިލް

ޓްވިޓާގެ 15 ޕަސެންޓް އެކައުންޓަކީ ބޮޓް!

ޓްވިޓާ އެކައުންޓްތަކުގެ ތެރެއިން 48 މިލިއަން އެކައުންޓްތަކަކީ ކޮމްޕިއުޓާ ބޮޓްސް ކަން ދިރާސާ އަކުން ހާމަވެއްޖެ އެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ސަދާން ކެލިފޯނިއާ (ޔޫއެސްސީ) އަދި އިންޑިއާނާ ޔުނިވާސިޓީ އިން ކުރި ދިރާސާ އަކުން ހާމަ ވިގޮތުގައި ޓްވިޓާ ގެ 15 ޕަސެންޓް އެކައުންޓްތަކަކީ މީހުން ނޫން ކަމާއި އެއީ އިންސާނެއްގެ އެހީޔަކާ ނުލައި މަަސައްކަތް ކުރާ ކޮމްޕިއުޓާ ބޮޓުން ނެވެ.

ދުނިޔޭގެ 319 މިލިއަން މީހުން ދުވަހުން ދުވަހަށް ޓްވިޓާ ބޭނުން ކުރަމުން އަންނައިރު އެ ދިރާސާގައިވާ ގޮތުން އޭގެ ތެރެއިން 48 މިލިއަން އެކައުންޓަކީ ބޮޓެވެ.

ޔޫއެސްސީ އިން އާންމު ކުރި ދިރާސާ ރިޕޯޓުގައި ޝޯޝަލް މީޑިއާގައި އާންމުވެފައިވާ ކޮމްޕިއުޓާ ބޮޓުން ކޮމްޕިއުޓާ ވައިރަސް ފަތުރަ އެވެ. އަދި ޓެރަރިޒްމާއި ފިތުނަފަސާދަ އަށް މަގުފަހިވާ ޕޯސްޓް ތައް އާންމު ކުރެ އެވެ.

ޓްވިޓާގައި މިހާރުވެސް ފޭކް އެކައުންޓް ތަކުންނާއި ބޮޓް އެކައުންޓް ތަކުން ރައްކާތެރި ވުމަށް އެތަކެއް ފިޔަވަޅުތަކެއް އަޅާފައިވެ އެވެ.