ލައިފްސްޓައިލް

ސާފުކުރަމުން ގޮސް ޓީވީއާއި ކޮމްޕިއުޓަރުވެސް ފެން ޖަހާ ދޮވެލައިފި

ފެން ހޮޅިއަކުން ފެން ޖަހައިގެން ކޮމްޕިއުޓަރާއި ޓީވީ ދޮންނަނީ
0%
0%
0%

އިންޑިއާ މީހުން ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ ދިވާލީއަށް ގޭތެރެ ސާފުކުރުމުގެ މަސައްކަތް ކުރި މީހަކު އެ ގޭގައި ހުރި ޓީވީ އާއި ކޮމްޕިއުޓަރު ސްކްރީނަށް ވެސް ހޮޅިއަކުން ފެން ޖަހާ ދޮންނަ މަންޒަރުގެ ވީޑީއޯއެއް އިއްޔެ އިންޓަނެޓުގައި ވަރަށް ހިނގައިފި އެވެ.

މިއީ ހިންދީ ސިލްސިލާތަކުން ބައެއް ފަހަރަށް ފެންނަ މަންޒަރަކަށް ވިޔަސް ހަގީގަތުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް މި ވީޑިއޯ ބަލާފައި ބައެއް މީހުން ކޮމެންޓުކޮށްފައި ވެއެވެ.

"ފެސްޓިވަލަށް ތަނެއް ސާފުކުރަން ބޭނުންނަމަ މި މީހާ ލައްވާ ހިލޭ އެކަން ކުރެވިދާނެ. އަހަރެން އޭނާގެ ދަތުރުފަތުރުގެ ޚަރަދު ދޭނަން،" އިންޓަނެޓުގައި މީހަކު ޕޯސްޓްކޮށްފައިވާ މި ވީޑީއޯ ކްލިޕްގައި ލިޔެފައިވެ އެވެ.

މި މީހާ ގަދައަށް ފެންޖަހާ، ނަރު ބުރުހުން އުނގުޅާ ސާފުކުރުމުން މި އިލެކްޓްރޯނިކް ސާމާނުތައް އަލުން މަސައްކަތް ކުރުމާ މެދު ޝައްކު ކަމަށްވެސް މި ވީޑީއޯއަށް ކޮމެންޓުކުރި މީހުން ބުނެފައި ވެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910