ހަބަރު

އައްޑޫ ލިންކުރޯޑުގައި މިރޭ އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ލިންކް ރޯޑްގައި މިރޭ ވެސް އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި، މިރޭ 9:05 އެހާކަށް ހާއިރު ހިނގި މި އެކްސިޑެންޓް ހިނގައިފައިވަނީ ލިންކު ރޯޑުގައި ހުރި ޕެޓްރޯލް ޝެޑް ކުރިމަތީގަ އެވެ.

އައްޑޫ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ޝާހް ވިދާޅުވި ގޮތުގައި، އެކްސިޑެންޓުވީ މީހާއަށް އެހާ ސީރިޔަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އަދި ފަރުވާ ދިނުމަށްފަހު މިރޭ ދޫކޮށްލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި އެކްސިޑެންޓުގައި އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ޒުވާނަކަށެވެ.

މިދިޔަ ހަފްތާ ތެރޭގައި އައްޑޫ ލިންކް ރޯޑުގައި ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި ޒުވާނަކު މަރު ވެސް ވެފައެވެ.