ސްވައިން ފްލޫ

ސްވައިން ފްލޫ ޖެހިގެން މާބަނޑު މީހަކު މަރުވެއްޖެ

ސުވައިން ފުލޫ ޖެހިގެން މާބަނޑު މީހަކު މިއަދު މަރުވެއްޖެ އެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފީޝަލަކު ވިދާޅުވީ ސްވައިން ފްލޫ ޖެހިގެން މިއަދު ހެނދުނުގެ ވަގުތެއްގައި 29 އަހަރުގެ މާބަނޑު އަންހެނަކު މަރުވެފައިވާ ކަމަށާއި އޭނާ މަރުވީ ފަރުވާ ދިނުމަށް ވެންޓިލޭޓަރުގައި ބާއްވާފައި އޮއްވާ އެވެ.

އެ އަންހެން މީހާއަކީ މިމަހު ފަސް ވަނަ ދުވަހުން ފެށިގެން ސްވައިން ފްލޫއަށް ޕޮސިޓިވްވެ ފަރުވާ ދެމުން އައި މީހެކެވެ. ފުލޫ ޖެހިގެން މާބަނޑު މީހަކު މިއަދު މަރުވި އިރު ފުލޫ ޖެހިގެން މަރުވި މީހުންގެ އަދަދު އޭނާއާއެކު ފަހަކަށް އެރީ އެވެ.

ފުލޫގައި ރާއްޖެއިން މިހާތަނަށް 185 މީހަކު ޕޮޒިޓްވެފައިވާއިރު ބަލީގައި ފަރުވާ ހޯދާ މިންވަރު ވަނީ މަދުވެފައެވެ. އަދި ފުލޫއާ ގުޅިގެން މީގެ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ ދޫކޮށްލާފަ އެވެ. ފުލޫއާ ގުޅިގެން ސްކޫލްތަކުގެ ކިޔެވުން ބަންދުކޮށްފައި އޮތުމަށްފަހު މިއަދު ފެށި ނަމަވެސް ބައެއް ފަރާތްތަކުން ކުދިން ސްކޫލަށް ފޮނުވާފައެއް ނުވެއެވެ.