ހަބަރު

ޑިފެންސް މިނިސްޓަރު މިރޭ ސިފައިންނާ ބައްދަލުކޮށްފި

Mar 28, 2017

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފު އުމަރު މިރޭ ސިފައިންނާ ބައްދަލު ކުރައްވައިފިއެވެ.

ކަޅުތުއްކަލާކޮށީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓަރު ވަނީ ސިފައިންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވާފައެވެ.

މިނިސްޓަރުގެ ވާހަކަގައި، ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް ފޯރުކޮށްދެންޖެހޭ ހިދުމަތްތަކާއި ރައްޔިތުންނަށް ދިމާވާ ބޮޑެތިކަންތައްތަކަށް ކުރިމަތިލެއްވުމާއި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ސިފައިން ހިންގާފައިވާ އޮޕަރޭޝަންތައް ފާހަގަކުރެއްވިއެވެ. އަދި އަސްކަރިއްޔާގެ އުމްރާނީ ތަރައްގީ އާއި ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރެއްވުމަށް ސިފައިންގެ ލީޑަރޝިޕްގެ އެހީތެރިކަމާއެކު ކުރެވެމުންދާ މަސައްކަތުގެ މައްޗަށް ވާހަކަ ދެއްކެވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދުގެ އިތުރުން، ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވިއެވެ.