ހަބަރު

ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

އަންނަ މޭ މަހުގެ 6 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި ރީ ރަޖިސްޓްރީ ވުމުގެ ފުރުސަތު މިއަދުން ފެށިގެން، އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލައިފަ އެވެ.

ރީ ރަޖިސްޓަރީވުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންންނެވެ. މާލޭ ސިޓީގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުންނެވެ. އަދި ސްރީލަންކާގައި ނަމަ، ފޯމު ދޫކުރުމާއި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައި ހުންނަ ރާއްޖެ އެމްބަސީ އިންނެވެ،

އަދި މީގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭ ގައި މޯބައިލް ސްޓޭޝަންތަކެއް ބަހައްޓާ އެ ސްޓޭޝަންތަކުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ވެސް ވަނީ މިއަދުން ފެށިގެން، ހުޅުވާލާފަ އެވެ.