ސްވައިން ފްލޫ

ފްލޫގެ ކަންކަމާ ގުޅޭ ފަރާތްތައް ކޮމެޓީއަށް ހާޒިރު ކުރަނީ

Mar 28, 2017
1
މިއަދު ބޭއްވި ސަރުކާރު މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --
0%
0%
0%

ސްވައިން ފްލޫ ފެތުރެމުންދާ އިރު ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ ބަލަން ހެލްތު މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރަން ކޮމެޓީން ނިންމައިފި އެވެ.

ފްލޫއާ ގުޅިގެން ސަރުކާރުން ކުރަމުންދާ ކަންކަން ބެލުމަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާފައި ވަނީ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ކަމާ ބެހޭ ފަރާތްތަކާއި ފްލޫގެ ކަންކަން ބެލުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސް ކޮމެޓީއަށް ހާޒިރު ކުރަން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމެވެ. އެކަމަނާގެ އެ ހުށަހެޅުމަށް ވާހަކަފުޅު ދެއްކެވި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންގެ ވިސްނުންފުޅު ހުރީވެސް އެފަރާތްތައް ހާޒިރުކޮށް އެ މައްސަލަ ބަލުމަށެވެ. އެގޮތުން ރޮޒައިނާގެ ހުށަހެޅުމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ތާއީދު ކުރެއްވި އެވެ.

ފްލޫގެ ކަންކަން ބެލެހެއްޓުމަށް ސަރުކާރުން އެކުލަވާލާފައިވާ ޓާސްކް ފޯސް ހާޒިރު ކުރުމަށް ކޮމިޓީގައި ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްވި އެވެ. އެ ފަރާތްތައް ކޮމިޓީއަށް ހާޒިރު ކުރަނީ މާދަމާ ރޭ 8:30 އަށެވެ.

ސްވައިން ފުލޫ ޖެހިގެން ރާއްޖޭގައި މިހަތަނަށް ބިދޭސީއަކާއެކު ހަ މީހަކު ވަނީ މަރުވެފަ އެވެ. އަދި ރޯގާއާ ގުޅިގެން ނުތަނަވަސްކަން ރާއްޖެއަށް ވަނީ ވެރިވެފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910