ހަބަރު

ދިގުފަރު ރިސޯޓުގެ ފަރު ސާފުކޮށްފި

Mar 28, 2017

ބ. އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުން އެ ރިސޯޓގެ ފަރު ސާފު ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

"ރީފް ކޮންޒަވޭޝަން" ޕްރޮގްރާމުގެ ނަމުގައި އިއްޔެ ހަވީރު ހިންގި އެ ހަރަކާތުގައި ރިސޯޓްގެ މުވައްޒަފުންގެ އިތުރުން ގިނަ އަދަދެގެ ޓޫރިސްޓުން ވެސް ބައިވެރިވި އެވެ. ފަރު ސާފުކުރުން ކުރިއަށް ދިޔައި، ބީޗު އޯޕަން ބާ ގައި ތަފާތު ބުއިންތަކާއި ހެދިކާ ފަދަ ތަކެތި ހިލޭ ލިބުމުގެ އިންތިޒާމުވެސް ހަމަޖައްސައިގެނެވެ.

މި ހަރަކާތުގައި ރިސޯޓުގެ ފަރުން ބޮޑު ބައެއް ސާފުކުރި އިރު މީގެ ފަހުން ކޮންމެ މަހަކު އެއްފަހަރު ފަރު ސާފުކުރަން ވެސް ވަނީ ނިންމާފަ އެވެ.

ހިމާޔަތްކޮށްފައިވާ ބަޔޮސްފިއާ ރިޒާވް ސަރަހައްދުގައި ދިގު ފަރެއްގެ މެދުގައި ބޮޑު ފަޅާކާ އެކު އޮންނަ އެ ރިސޯޓް ހުޅުވީ މިދިޔަ އަހަރު އެވެ.