ލައިފްސްޓައިލް

ޕީނަޓަކީ ނުކައި ދޫކޮށްލާވަރުގެ އެއްޗެއް ނޫން!

Apr 1, 2017

ކަމުގެ މާހިރުން ވިދާޅުވާ ގޮތުގައި ޕީނަޓަކީ ހީކުރާ ވަރަށް ވުރެ ސުޕަ އެއްޗެއް ކަމަށެވެ.

ނިއުޓްރްޝަނިސްޓް އަދި ވެއިޓް މެނޭޖްމަންޓް ކޮންސަލްޓަންޓް ކަވިތާ ދޭވްގަން ވިދާޅުވާ ގޮތުގައި ހަށިގަނޑަށް ފައިދާ ހުރި ފެޓް ބޭނުންވެ އެވެ. އަދި ޕީނަޓްގައި ހިމެނޭ ފެޓަކީ ހިތާއި ހަށިގަނޑަށް ފައިދާ ހުރި ފެޓެވެ.

މީގެ އިތުރުން ވެސް ޕްރޮޓީން އާއި ފައިބާ ގިނަ އަދަދަކަށް ޕީނަޓްގައި ހިމެނެ އެވެ. އަދި ވިޓަމިން އީ އާއި އެންޓި އޮކިސިޑެންޓްގެ އިތުރުން މެގްނީޒަމް ވެސް ޕީނަޓްގައި ހިމެނޭއިރު އެއްފަހަރާއި މާގިނައިން ޕީނަޓް ކެއުމަކީ އެއިން ލިބޭ ފައިދާ އަށް ވުރެ ބޮޑަށް ގެއްލުން ދައްކާނެ ކަމެވެ.

މޮނޮއަންސެޗުއަރޭޓެޑް ފެޓީ އެސިޑް ޕީނަޓްގައި ހިމެނޭ އިރު، ހަށިގަނޑަށް ފައިދާ ހުރި ކޮލެސްޓްރޯލް ދަށްކޮށް ހަށިގަނޑަށް ބޭނުންވާ ކޮލެސްޓްރޯލް ލެއަށް ފޮނުވައިދެ އެވެ.

ގިނަ ބަޔަކު ހެނދުނުގެ ނާސްތާއަށް ވެސް ޕީނަޓް ބަޓާ ބޭނުން ކުރާއިރު، ކާން ބޭނުންކުރާ ޕީނަޓްގައި ސޯޑިއަމް އަދި ޝުގާ މަދު ޕީނަޓް ބަޓާރ އެއްތޯ ބަލަން ވާނެ އެވެ.

ޕީނަޓް ބަޓާގައި 90 ޕަސެންޓަކީ ޕީނަޓަށް ވާއިރު، ދެ ސަމްސާ ޕީނަޓުން ވެސް ހަށިގަނޑަށް މުހިންމު ނިއުޓްރިއަންސް ލިއްބައިދެ އެވެ.

އެގޮތުން 30 ގްރާމް ޕްރޮޓީން އިން އަށް ގްރާމް ޕްރޮޓީން ލިބެ އެވެ. މިއީ އާންމުކޮށް ހެނދުނުގެ ނާސްތާގައި ކާއެއްޗެހިން ޕްރޮޓީން ލިއްބައިދޭ ވަރަށްވުރެ އިތުރު އަދަދެކެވެ. އަދި މިއީ ދުވަސް ފަށައިގަންނައިރު މީހާގެ ހަށިގަނޑުގައި ހަކަތަ ލިއްބައި ދިނުމަށް ވެސް އެހީވެދޭ އެއްޗެކެވެ.