ހަބަރު

މެންބަރު ސައުދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ޕީޕީއެމްގައި ހުންނެވުމަށް ފަހު އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެންފި އެވެ.

މިރޭ ރާއްޖެ ޓީވީއަށް ފޯނު މެދުވެރިކޮށް ސައުދު ދެއްވި އިންޓަވިއުއެއްގެ ކުރިން އޭނާ ވަނީ ޓްވިޓާ މެދުވެރިކޮށް ވެސް އެފަދަ އިޝާރާތެއް ދެއްވާފަ އެވެ. އަދި އޭނާ ކުރެއްވި ޓްވީޓާ ގުޅިގެން ކުރީގެ ރައީސް މައުމޫން ވަނީ އޭނާއަށް ޝުކުރު ވެސް އަދާކޮށްފައެވެ.

މިރޭ ސައުދު ރާއްޖެ ޓީވީއަށް ވިދާޅުވީ އޭނާ އޭނާ ވަޑައިގަންނަވަނީ ރައީސް މައުމޫނާއެކު މަސައްކަތް ކުރެއްވުމަށް ކަމަށާއި ރައީސް މައުމޫނަކީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ކޮންގްރެސްއަކުން އިންތިހާބު ކޮށްފައި ހުންނެވި އަދިވެސް ޕީޕީއެމްގެ ރައީސް ކަމަށެވެ.

އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށްފަހު ސައުދު ވަނީ ޓްވީޓް ކުރައްވާ "މައުމޫނަކީ ޕީޕީއެމް ކަމަށާއި އަދި ޕީޕީއެމްއަކީ މައުމޫން" ކަމަށް ކަމަށް ވިދާޅުވެފައަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް ނެގި އިތުބާރުގެ ވޯޓްގައި ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހުންނެވި ސައުދު މައުމޫނާ ގުޅި ވަޑައިގަތުމުން ސައުދުގެ ނިންމެވުމުގައި ސާބިތުވެ ހުންނަވާނަންތޯ ރާއްޖެ ޓީވީން ސުވާލު ކުރުމުން އޭނާ ވަނީ މިހާރު ވެސް ހުންނެވީ ސާބިތު ކަމާއެކުގައި ކަމަށެވެ.