މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

އަމާޒަކީ ހައްޖު ދަތުރުތަކުގެ އަގު ހެޔޮ ކުރުން: ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަންގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދްރީސް ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު ޝުރާއު (އަވަސް)
0%
0%
0%

ހައްޖު ދަތުރުތައް ކުރިޔަށް އޮތްތަނުގައި ވެސް އަގު ހެޔޮ ކުރެވޭނެ ކަމަށާއި މަސައްކަތް ކުރަނީ އެ އަމާޒަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ކޯޕަރޭޝަންގެ ތިން އަހަރުގެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހޮޓެލް ޖެންގައި ރޭ ބޭއްވި ހަފްލާއެއްގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ، ކުރިޔަށް އޮތް ތާންގައި އެ ކޯޕަރޭޝަނަށް ފައިސާ ޖަމާކުރާ ކޮންމެ ފަރާތަކުން ޖަމާ ކުރާ ކޮންމެ 100 ރުފިޔާއެއްގެ ތެރެއަށް މަދުވެގެން 10 ރުފިޔާ ލެވޭ ވަރު ކުރިއެރުން ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ދުނިޔޭގެ އެހެނިހެން ކުރިއަރާފައިވާ ބޮޑެތި އިސްލާމީ ގައުމުތަކުގައި ހައްޖު ކޯޕަރޭޝަންތައް ހިންގާ ގޮތް ބަލައި ބޮޑެތި އިންވެސްޓްމެންޓްތައް ކުރާނެ ކަމަށާއި ކޯޕްރޭޝަންގެ އުންމީދަކީ، ރައްޔިތުން ހިތްހަމަޖެހޭ ކަހަލަ ހިދުމަތެއް އަތްފޯރާ ވަރުގެ ހެޔޮ އަގުގައި ދިނުން ކަމަށެވެ.

ރޭ ބޭއްވި ހަފްލާގައި އެ ކޯޕަރޭޝަނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މުއައްސަސާތަކަށް އެވޯޑާއި، ވަކި ވަކި ފަރާތްތަކަށް ހަނދާނީ ލިޔުން ދީފައި ވެއެވެ.

ހައްޖު ކޯޕްރޭޝަންއަކީ 2013 ގައި އުފެދިގެން އައި، 2014 ވަނަ އަހަރުގެ މާޗު ދެވަނަ ދުވަހު ރަސްމީ ގޮތެއްގައި އިފްތިތާހު ކުރި ކޯޕަރޭޝަނެކެވެ. ތިން އަހަރުގެ ތެރޭގައި 2900 މީހުން ހައްޖަށް ގެންގޮސްފައި ވާއިރު، އުމްރާއަށް 753 މީހުން ގެންގޮސްފައި ވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910