ހަބަރު

ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން ވީޑިއޯ އާންމުކޮށްފި

މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމު ކޮށްފި އެވެ.

ފުލުހުން ބުނީ، ވީޑިއޯއިން ފެންނަ މީހާއަކީ ފޭރުމުގެ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ތަހްގީގަށް ހޯދާ މީހެއް ކަމަށެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު އެ މައުލޫމާތެއް ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.