ލައިފްސްޓައިލް

ބާކީ ބަތް ފުރިޖަށް ނުލާނަމަ ރައްކާތެރިއެއް ނޫން

Apr 3, 2017
1

މެންދުރު ކައްކާ ބަތުން ބާކީ ވާބައި ރޭގަނޑު ކާން ވަންދެން ވެސް އެހުރި ގޮތަށް ބަހައްޓަނީ ކިތައް ގޭގައި ހެއްޔެވެ؟ އަދި ރޭގަނޑު ކައުމަށްފަހު ބާކީވާ ބަތް ޖެހިގެން އަންނަ ދުވަހު ހެނދުނު ނޫނީ މެންދުރު ހޫނު ކޮށްލައިގެން ވެސް ކަން ހެއްޔެވެ؟

އިނގިރޭސި ވިލާތުގެ ނެޝެނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން ބުނެފައިވަނީ މި ގޮތަށް ބާކީވާ ބަތް ފަހުން ކާން ބެހެއްޓުމުން އަހަރެމެންގެ ހަށިގަނޑަށް ގެއްލުން ލިބޭ ކަމަށެވެ.

ސަބަބެއް ކަމަށް ބުނަނީ ބަތް ކެއްކުމަށްފަހު ރޫމްޓެމްޕަރޭޗާގައި ގިނައިރު ހުރުމުން ބަތުގައި ޖަރާސީމު އަށަގަންނަލެއް އަވަސްވުމެވެ. އަދި މީގެ ސަބަބުން ކާނާ ވިހަވެ، އެ ކެއުމުން ހަށިގަނޑަށް ގެއްލުންވެ އެވެ.

އެގޮތުން ވިހަވެ، ހޮޑުލުމާއި، ބޭރަށްހިންގުން ޖެހުމަށް މެދުވެރިވެ އެވެ. ކެއުމަށްފަހު ބާކީވާ ބަތް ފުރިޖުގައި ބަހައްޓަން އެންއެޗްއެސް އިން އިރުޝާދު ދެއެވެ. އަދި އަލުން ބަތް ހޫނު ކުރުމަށްފަހު ބާކިވާ ބައި ދެވަނަ ފަހަރަށް ފުރިޖަށް ނުލުމަށް ވެސް އިރުޝާދު ދެ އެވެ. ގިނަ ވާނަމަ ބޭނުންވާ މިންވަރަށް ބަތް ހޫނު ކުރާށެވެ. ރޭގަނޑު ކާންވަންދެން ބަތް ކައްކާފައި ބެހެއްޓުމުގެ ބަދަލުގައި ކައި ނިންމުމަށްފަހު ބާކިވާބައި ފުރިޖުގައި ބަހެއްޓުން އެއީ ރަނގަޅު ގޮތެވެ. މީގެ އިތުރުން ބަތް ކެއްކުމަށްފަހު ހޫނުކޮށް ހުއްޓައި ވީހާވެސް އަވަހަށް ކެއުމަކީ އެންމެ ރަނގަޅު ގޮތެވެ. މީގެފަހުން ދެން ވެސް ބާކީވާ ބަތް ފުރިޖަށްލާން އާދަ ކުރައްޗެވެ.