ހަބަރު

ދެހާހެއްހާ މީހުން ޕީޕީއެމްއާ ގުޅިއްޖެ

ޕީޕީއެމްއަށް މެންބަރުން އިތުރުކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން، މެޑަމް ފާތިމަތު އިބްރާހިމް ހިންގާ ހަރަކާތުގެ ދަށުން ޕީޕީއެމްއަށް ދެހާހެއްހާ މީހުން ގުޅިއްޖެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީޕީއެމްއަށް އަލަށް ގުޅުނު ފަރާތަކުގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ ޕީޕީއެމްއިން މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމިން އަބުދުލް ގައްޔޫމެވެ. އަލަށް ޕީޕީއެމް އަށް ގުޅުނު މެމްބަރުންގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ އިސް ތިން މީހަކު ވެސް ހިމެނެ އެވެ.

ހުޅުމާލެއިން ޕީޕީއެމް އަށް 462 މީހުން ގުޅިފައިވާއިރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ 17 މެންބަރަކާއި އެހެނިހެން ޕާޓީ ތަކުން 361 މެންބަރަކު ޕީޕީއެމް އަށް މިރޭ ގުޅީފައި ވެއެވެ. ވިޔަފާރި ދާއިރާއިން 96 މީހަކު ގުޅިފައިވާ އިރު ސިއްހީ ދާއިރާއިން ވެސް 80 މީހަކު ވަނީ ޕީޕީއެމް އަށް ގުޅިފަ އެވެ. އަދި އެމްޑީޕީގެ ބޮޑު ސަޕޯޓެއް އޮންނަ އުކުޅަހުންވެސް ވަނީ މެންބަރުން ތަކެއް ޕީޕީއެމް އަށް ގުޅިފައެވެ.

މެޑަމް ފާތިމަތު އިބްރާހިމް ހިންގާ ހަރަކާތުގެ ދަށުން ޕީޕީއެމް އަށް ވަނީ 60 ހާހަށްވުރެ ގިނަ މީހުން ގުޅިފަ އެވެ.