ލައިފްސްޓައިލް

ގިނައިން ރޮނީ ފިނޑިންތަ؟ ގަދަ މީހުންތަ؟

Apr 15, 2017

އާންމު ގޮތެއްގައި މި މީހުންނަކީ އެންމެ ފިނޑި މީހުންގެ ގޮތުގައި ލޭބަލް ކުރެވިފައިވާ މީހުންނެވެ. ހާއްސަކޮށް ފިރިހެނެެއް ނަމަ އެވެ. ނަމަވެސް ރުއިމަކީ ހަށިގަނޑަށް ފައިދާ ހުރި ކަމެއްކަން އެންމެނަށްވެސް އެނގެ އެވެ. މީގައި އެންމެ ރަނގަޅީ ރޮވެންޏާ ހިތް ފުރެން ދެން ރުއިމެވެ.

ސައިންސްވެރިން މިހާރުދަނީ ރުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ އެހެން ފައިދާތައް ދެނެގަތުމާ ބެހޭ ދިރާސާއެއް ހަދަމުންނެވެ. ރުއިމަކީ އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ އެންމެ ހާއްސަ ޖަޒުބާތުތަކުގެ ތެރެއިން ބައެކެވެ. އަދި އެއީ ނަފްސާނީ ގޮތުން ލިބޭ ބަލިމަޑުކަމަށް މިންވަރެއްގެ ފަރުވާއެއްވެސް މެއެވެ.

މީގެ 30 އަހަރު ކުރިން ބަޔޯ ކެމިސްޓަކު ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ޖަޒުބާތެއްގެ ސަބަބުން ލޮލުން އަންނަ ކަރުނައިގައި ޕްރޮޓީން ހުންނަ މިންވަރު އެތައް ގުނައެއް ގިނަ އެވެ. ނަމަވެސް ފިޔާ ދިލައިގެ ސަބަބުން ލޮލުން އަންނަ ކަރުނައިގައި ޕްރޮޓީން ހިމެނޭނީ ވަރަށް ކުޑަ މިންވަރަކަށެވެ. އެއީ އެއްވެސް ޖަޒުބާތެއްގެ ސަބަބުން އުފެދޭ ކަރުނައަކަށް ނުވާތީ އެވެ.

"ކަރުނައަކީ ދިރިއުޅުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް. ޖަޒުބާތެއްގެ ސަބަބުން އޮހޮރޭ ކަރުނަ އަކީ ސްްޓްރެސް ހޯމޯންސް އޭގައި އެކުލެވޭ އެއްޗެއް. އަދި އެ ސްޓްރެސް އިން މީހާ ދުރުކޮށްލާނެ ކަމެއްވެސްމެ. ރުއިމަކީ ތިމާ އޯކްވާޑްވެ އެމްބެރެސްވާ ކަމެއް ނަމަ ތިހުރީ ސިއްހަތަށް ނުރައްކާތެރިވާ މިންވަރަށް ސްޓްރެސްވެފައި،" ޖެނެރަލް ހެލްތު ފައުންޑާ އިންކް ގެ އެކްސްޕެރިމެންޓަލް ސައިކޮލޮޖިސްޓް އެކެލްސް ގޯޓްޒް ވިދާޅުވެފައިވެ އެވެ.

ރުއިމުން ނަފްސާނީ ގޮތުން މީހާ ވަރުގަދަކޮށްލަނީ އެއީ އެ ޖަޒުބާތާއި ކުރިމަތިލާން މީހާއަށް ކެރޭތީ އެވެ. ރުއިމަކީ ނެގެޓިވް އިހުސާސްތަކާއި މީހާ ދުރުކޮށްލާ ކަމެކެވެ. އެއީ އެންޒައިޓީ އަދި ޑިޕްރެޝަން ފަދަ ކަންކަމުން މީހާ ދުރުކޮށްދޭނެ ކަމެވެ. އެކަންކަމަކީ ގޯސް އާދަތަކަށް މަގުފަހި ކުރުވާނެ ކަމެކެވެ. މާ ބޮޑަށް ސްޓްރެސް ވީމަ ސިނގިރޭޓާ ދިމާލަށް ދުއްވައިގަތުމުގެ ބަދަލުގައި އެކަނި އިނދޭ ރޯލުން މާބޮޑަށް ރަނގަޅުވާނެ އެވެ.

ރުއިމަކީ އިތުރު އެތައް ފައިދާތަކެއް ވެސް ހިމެނޭ ކަމެކެވެ. އެއީ މީހާގެ މިޒާޖުވެސް ދެނެގަނެވޭނެ ކަމެކެެވެ. އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭ ކަމެއް ކަމަށްވެ އެވެ. މީހަކަށް ދިމާވާ ހިތާމަވެރި ކަމެއްގައި ބައިވެރިވެ އޭނަ އާ އެކު ރޯލުމަކީ އެމީހާއަށްވެސް އަމިއްލަ އިހުސާސްތައް ހިއްސާ ކޮށްލަން ފަސޭހަވާނެ ކަމެކެވެ. އަދި އެއީ އެކުވެރިކަން ވަރުގަދަކޮށްދޭނެ ކަމެއްވެސްމެ އެވެ.

ރުއިމަކީ ހައްލެއް ނޫނޭ ބުނާ މީހުންވެސް އުޅެ އެވެ. އެހެން ބުނަނީ ރުއިމުގެ ސަބަބުން މައްސަލަ ހައްލުވެ ހާލަތު ބަދަލުނުވާނެތީ އެވެ. އެކަމަކު އެއީ ސިކުނޑިއަށް ލުއިވެ ސްޓްރެސް ފިލުވާލާނެ ކަމެކެވެ.