ހަބަރު

ދަރިވަރުންނަށް އަމާޒުކޮށް ޑިޕްރެޝަނާ ބެހޭ ވޯކްޝޮޕެއް ފަށައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަތީ ސާނަވީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޑިޕްރެޝަން އާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

އެއް ދުވަހަށް ކުރިއަށް ދާ މިބައްދަލުވުމުގައި 20 ދަރިވަރުންނާއި، 20 ސްކޫލް ހެލްތު އޮފިސަރުން ބައިވަރި ވެއެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ، ޑރ. އައިޝަތް ރަމީލާ ވިދާޅުވީ، މި ބައްދަލުވުމަކީ، މަތި ތައުލީމް ހާސިލް ކުރަމުންދާ ފުރާވަރުގެ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުން އެކުދިންނަށް ހާއްސަ ކުރީ، އެ އުމުރުފުރާ އަކީ، ހަށިގަނޑަށާއި ވިސްނުމަށް އެކި ގޮތްގޮތުން ބަދަލު އަންނަ އުމުރުފުރާ އެއް ކަމަށްވާތީ ކަމަށެވެ. އަދި މިބައްދަލު ވުމުގައި، ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކައި، އެކަންތައްތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުން މައުލޫމާތު ދޭނެކަމަށް ވެސް ވިދާޅުވި އެވެ.