ހަބަރު

އެޑިޔުކޭޝަން މިނިސްޓަރު ޕްރިންސިޕަލުންނާ ބައްދަލު ކުރައްވައިފި

ހަތަރު އަތޮޅެއްގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާ އެޑިޔުކޭޝަން މިނިސްޓާ ޑރ. އައިޝަތު ޝިހާމް މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުންތައް ދެ ދުވަހަށް ކުރިޔަށްދާނެ އެވެ. މި ބައްދަލު ކުރެއްވުންތަކުގައި ސްކޫލްތަކުގެ ފެންވަރު މިހާރު ހުރި ނެތް ގޮތް ބެލުމާއެކު ފާއިތުވީ ތިން އަހަރު ތެރޭގައި މިނިސްޓާ ސްކޫލްތަކަށް ކުރެއްވި ޒިޔާރަތްތަކަށް ފަހުގައި ސްކޫލްތަކަށް އައިސްފިވާ ބަދަލުތަކާއި، ކުރިއެރުން އައިސްފައި ހުރި މިންވަރު ވެސް ބަލާނެ އެވެ.

މިނިސްޓާ އައިޝަތު ޝިހާމް ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީ އިން ހިންގާ ޕްރޮގްރާމްތަކަށް ސްކޫލްތަކުން ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި، މިނިސްޓްރީ އިން ރާވާފައިވާ ޕްރޮގްރާމްތަކުގެ ބޭނުން ސްކޫލްތަކުން ކުރުން އަދި ވެސް އިތުރު ކުރުމަށް އެދިލައްވާ ކަމަށެވެ.