ރިޕޯޓް

އީވޯގެ ކާމިޔާބު ހަތަރެއް: ޔޫރަޕުގެ ބްރޭންޑްތައް އަތްފޯރާ ފަށަށް!

Apr 20, 2017
6
  • ގެއަށް ބޭނުންވާ ހުރިހާ ސާމާނެއް
  • އަގު ހެޔޮ މޮޅު، ފަހުގެ ޑިޒައިންތައް
  • ކޮލިޓީ ދެމެހެއްޓުމަށް ސަމާލުކަން ދޭ

"އީވޯ އައިރު ވެސް މި އެއްޗިހި ވިއްކާ. ނަމަވެސް ރަނގަޅު ހިދުމަތެއް ދެވެމުންނެއް ނުދޭ. އެކަމަކު ރަނގަޅު ހިދުމަތަކަށް ބޭނުންވެފައި ގިނަ މީހުން ތިބީ. ކޮލިޓީ ޕްރޮޑަކްޓްސް ގަންނަން ބޭނުންވޭ. އޭރު މީހުން މި އެއްޗިހި ގަންނަނީ ރާއްޖޭގެ ބޭރުން. އެހެންވެ އަޅުގަނޑުމެން މި ޝޯވް ރޫމް ހުޅުވީ،" އިވޯގެ ޖެނެރަލް މެނޭޖަރު މުހުތާރު ސައީދު ވިދާޅުވި އެވެ.

މި ވާހަކައަކީ މީގެ ހަތަރު އަހަރު ކުރީގެ ވާހަކަ އެކެވެ. ނަމަވެސް މިއަދު ހަތަރު އަހަރު ފަހުން އެނބުރި ފަހަތް ބަލާލާއިރު، ފެންވަރު ރަނގަޅު ހިދުމަތެއް ހޯދަން ކުރިން ބޭނުންވި މީހުންގެ ބޭނުންތައް ފުދިއްޖެ އެެވެ. ނަތީޖާއަކަށްވީ އީވޯގެ ހިދުމަތްތަކާ މެދު ދިވެހިންގެ އިތުބާރު ލިބުމެވެ.

އީވޯ ރާއްޖޭގައި ވިޔަފާރި ފެށިއިރު ފަރުނީޗަރުގެ ބާޒާރުގައި، ވަކި ހިއްޕާލާފައިވަނީ އޭޝިޔާގެ އުފެއްދުންތަކެވެ. ނަމަވެސް މީގެ ބަދަލުގައި އީވޯ އިން ބޭނުންވީ، ފެންވަރު ރަނގަޅު ކޮލިޓީ ޔޫރަޕްގެ އުފެއްދުންތަކެއް ގެންނާށެވެ. މީގެ ތެރޭގައި ބެޑްރޫމާއި ބަދިގެ ސެޓުގެ އިތުރުން ގެއަށް ބޭނުންވާނެ ހުރިހާ އުފެއްދުމެއް ގެނެސްދީފި އެވެ.

"މި ޕްރޮޑަކްތައް ހޯދަން ޔޫރަޕުގެ އެކި އެގްޒިބިޝަންތަކަށް ދިޔައިން. ގޮސް ބެލިން ކޮން އެއްޗެއްތޯ ރާއްޖެއަށް އެންމެ ކަމުދާނީ؟ ރިސާޗު ވެސް ކުރިން. މިގޮތަށް މަސައްކަތް ކޮށްގެން ޕްރޮޑަކްޓައް ހޯދީ،" މުހުތާރު ވިދާޅުވި އެވެ.

ޔޫރަޕުގެ ބްރޭންޑުތަކަށް ހާއްސަ ވެފައި

ފެންވަރު ރަނގަޅު ހިދުމަތްތަކާއެކު އެންމެ ފުރަތަމަ ހުޅުވީ އީވޯގެ، "އީވޯ ހޯމް" އެވެ. އޭރު ފުރަތަމަ ވިއްކީ ބަދިގޭ ސެޓާއި ފަރުނީޗަރެވެ. ނަމަވެސް މިހާރު ޖަރުމަނުގެ ކިޗަން ބްރޭންޑެއް ގެނެސް ވިއްކަ އެވެ. މީގެ އިތުރުން ޖަރުމަނުގެ ފަރުނީޗަރު ބާޒާރުގައި ގަރުނެއް ހޭދަކޮށްފައިވާ ދުނިޔޭގެ މަގުބޫލު ބްރޭންޑްތައް ވަނީ ދިވެހިންގެ ކޮޓަރިތަކަށް ގެނެސްދީފަ އެވެ. އީވޯގެ ފެށުމާއެކު މިއަދު ފްލޯރިންގެ ފިހާރައެއް ވެސް ހުޅުވައިފި އެވެ. އެތަނުން މަޝްހޫރު "ޕެރެޑޯ ފްލޯރިން" ލިބެން ހުރެ އެވެ. އަދި މިވަރުން ނިމުނީ އެއް ވެސް ނޫނެވެ. އެޗްއެންބީ ގިނަ ޕްރޮޑަކްޓްތައް ވެސް ރާއްޖެއަށް ވަނީ ގެނެސްދީފަ އެވެ.

"މި ހުރިހާ ޕްރޮޑަކްޓްތަކަކީ ވެސް ޔޫރަޕުގައި އުފައްދައިގެން ގެނެސް ވިއްކާ އެއްޗިހި. ހަމަ އެ ކޮލިޓީގައި. ދިވެހިން އަތް ފޯރާ ފަށުގައި،" މުހުތާރު ވިދާޅުވި އެވެ.

ދެން އޮތް ސުވާލަކީ އީވޯ އިން ވިއްކާ ފަރުނީޗަރުތައް ޔޫރަޕުން ގެނެސް ވިއްކާއިރު، މި އެއްޗިހި ކަސްޓަމަރު ބޭނުންވާ ގޮތަށް ތައްޔާރު ކުރެވޭނެ ބާ އެވެ؟ މިއީ މިހާރު ސުވާލެއް ނޫނެވެ. އީވޯ އިން ވިއްކާ ބަދިގެ ސެޓާއި ފަރުނީޗަރު ކަސްޓަމަރުން ބޭނުންވާ ގޮތަކަށް، ސައިޒަށް ފިޓު ކޮށްދޭނެ އެވެ.

އަގު ހެޔޮވެފައި، ފެންވަރު މާ ބޮޑަށް ރަނގަޅު

އަގު ކިހިނެއްވާނެ ހެއްޔެވެ؟ މިކަން ވެގެން ދިޔައީ އީވޯ އަށް ވެސް ޗެލެންޖަކަށް ކަމަށް ޖީއެމް، މުހުތާރު ވެސް ފާހަގަ ކުރައްވަ އެވެ.

"ފުރަތަމަ ފަށައިގެން އައިރު، ޗެލެންޖަކަށް ދިމާވި ތިކަން. [ޔޫރަޕުގެ އުފެއްދުންތައް ކަމަށް ގަބޫލު ނުކުރުން] ގިނަ މީހުން ގަބޫލެއް ވެސް ފުރަތަމަ ނުކުރޭ ޔޫރަޕު ޕްރޮޑަކްޓް ތަކެއް ކަމަށް. އެކަމަކު މިތަނުގައި ވިއްކާ އެއްޗިހި ވެސް ގާތްގަނޑަކަށް މި ހުންނަނީ ވާދަވެރިންނާ އެއް އަގެއްގައި. މިތަނުން ލިބޭނެ މިހާރު ހުރިހާ ފަންތީގެ އެއްޗިހި. އެންމެ ހައި އެންޑް މާކެޓަށް ވެސް ޕްރޮޑަކްޓް ފޯރުކޮށްދެން. ލަގްޒަރީ ތަނެއް ހަދަން ބޭނުންވާ މީހަކަށް ވަރަށް ޔުނީކް ފަރުނީޗަރު ވެސް ފޯރުކޮށްދޭނެ،" މުހުތާރު ވިދާޅުވި އެވެ.

ފަހުގެ ފެޝަންތައް، ޓެކްނޮލޮޖީގެ ބޭނުންކޮށްފައި

އީވޯ ހޯމް އިން ވިއްކާ ފަރުނީޗަރުތަކުގެ މުހިންމު އެހެން ސިފައެއް ވެސް އޮވެ އެވެ. އެ ސިފައަކީ ވަރުގަދަ ކަމެވެ. މާލެ ކަހަލަ ތަނެއްގައި ކޮންމެ މަހަކު ކޮޓަރި ބަދަލުކޮށް ހަދަން ޖެހެ އެވެ. އެހެންވެ މިފަދަ އެއްޗެއް ހޯދުމަކީ ފަރުނީޗަރު އަވަހަށް ހަލާކު ވެގެން ބަދަލު ކުރުމަށް އޮތް ހަމައެކަނި ފަރުވާ އެވެ. އެ ހައްލުވެސް ގެނެސްދިނީ އީވޯއިންނެވެ.

"ފަރުނީޗަރު ބަދަލު ކުރާއިރު ރޫޅާލައިގެން ގޮސް އަލުން އެސެމްބްސް ކޮށްލިއަސް މި ފަރުނީޗަރަށް މައްސަލައެއް ނުޖެހޭނެ. މީގެ ޑިޒައިން ވަރުގަދަ ވާނެ،" މުހުތާރު ވިދާޅުވި އެވެ.

އީވޯގެ އަނެއް ހާއްސަ ކަމަކީ ސްޓައިލްގެ ތަފާތު ކަމެވެ. ފެޝަނަށް އަންނަ ބަދަލާއެކު، ކޮންމެ އަހަރަކު ވެސް ފަރުމާތައް ބަދަލުވުމެވެ. ހަމަޔަގީނުން ވެސް މިކަން މިއީ ފަރުނީޗަރު ގަންނަން ބޭނުންވާ މީހުންނަށް ލިބޭނެ އުފާވެރި ހަބަރަކަށް ވާނެ އެވެ.

"ފަރުނީޗަރު ކަމަށްވިއަސް ނޫނީ ބަދިގެ ސެޓަށް ވިއަސް ކޮންމެ އަހަރަކު ޓެކްނޮލޮޖީ ބަދަލުވާނެ. މިއީ ވަރަށް ހާއްސަ ކަމެއް. ޒަމާނާ ގުޅޭ ގޮތަށް ބަދަލު ވާނެ،" މުހުތާރު ވިދާޅުވި އެވެ.

އީވޯ އަށް ހަތަރު އަހަރު ވެގެން ދިޔައިރު އެންމެ ބޮޑު އެއް ކާމިޔާބީއަކީ ކަސްޓަމަރުންގެ އިތުބާރު ލިބުމެވެ. އަދި ކަންތައްތައް ހާސިލްވުމުގައި މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް މުވައްޒަފުންނަށް މެނޭޖުމަންޓުން ޝުކުރު އަދާ ކުރެ އެވެ. އެންމެންގެ ޝުކުރު އޮތީ އީވޯ އަށެވެ. އެއީ ޔޫރަޕުގެ ބްރޭންޑްތައް ރާއްޖެ ގެނެސްދީ އެކަށީގެންވާ އަގެއްގައި ވިއްކާތީ އެވެ.