ހަބަރު

އެމްސީއައިއެފްގެ "ސައިފް" އިފްތިތާހު ކޮށްފި

މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ ފަރާތުން ސައުތު އޭޝިއާއަށް އަމާޒުކޮށް ސައުތު އޭޝިއަން އިންސްޓިޓިއުޓް ފޯ އިސްލާމިކް ފައިނޭންސް (ސައިފް) ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.

ސައިފް އިފްތިތާހު ކުރުމަށް ޗަންޕާ ސެންޓުރަލް ހޮޓެލް ގައި މައަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ ރާއްޖެ އަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބައިނަލް އަގުވާމީ ގޮތުން މީހުން ތަމްރީނު ކުރެވޭ ހަބަކީ ސައިފް އަށް ވެގެން ދިއުން ކަމަށެވެ. އަދި މި އިނސްޓިޓިއުޓް ގެ ސަބަބުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓް ކުރުމަށް ފަހިވެގެން ދާނެ ކަމަށެވެ.

"ރާއްޖޭގެ އެހެން ޔުނިވާސިޓީ ތަކާއި ގުޅިގެން ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކޮށްލެވޭ އިންސްޓިޓިއުޓަކަށް ސައިފް ވެގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް" އަޒްލީން ވިދާޅޫވި އެވެ.

ސައިފް އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެއާއި ރާއްޖެއިން ބޭރުން މީހުން ތަމްރީނު ކުރުމަށް ގާއިމް ކުރި އިންސްޓިޓީއުޓެކެވެ.