ހަބަރު

ބަނގުރާ ފުޅި ތަކަކާއެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި

ބަނގުރާ ފުޅިތަކަކާއެކު މާލެއިން ބަޔަކު ހައްޔަރުކޮށްފި އެވެ

ފުލުހުން ބުނީ ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ ހޮނިހިރު ދުވަހުގެރޭ އޮޕަރޭޝަނެއް ހިންގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 17 އަހަރާއި 25 އަހަރާ ދެމެދުގެ ފިރިހެނުންނެވެ.

ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލާ ފާސްކުރި އިރު އެގޭގެ ތިން ވަނަ ފަންގިފިލާ އިން ހަތަރު ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި މި މައްސަލައާއި ގުޅުންހުރި ކާރެއް ވެސް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު އެ ކާރުން ވެސް ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.