ހަބަރު

ކޮނޑޭ ކައުންސިލް އެކައުންޓް ފްރީޒްކޮށްފި

ގއ. ކޮނޑޭ ކައުންސިލް އިދާރާގެ އެކައުންޓް ފްރީޒް ކޮށްފި އެވެ.

ކޮނޑޭ ކައުންސިލް އިދާރާގެ ރައީސް ޝިޔާމް މުހައްމަދު "އަވަސް" އަށް މައުލޫމާތު ދެއްވި ތުގައި އެކައުންޓް ފްރީޒް ކޮށްފައިވަނީ އެ ކައުންސިލުން އަމިއްލަ ފަރާތަކަށް ދޭންޖެހޭ ފައިސާތަކެއް ނުދީ އޮތުމުން އެރަށު މެޖިސްޓްރޭޓް ކޯޓުގެ ކޯޓްން ނެރުނު އަމުރަކާއެކުގައި ކަމަށެވެ. އަދި އެކައުންޓް ފްރީޒް ކޮށްފައިވާތާ ދެހަފްތާ ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލް އިދާރާގެ އެކައުންޓް ފުރީޒް ކުރި ކަމުގެ ރަސްމީ ލިޔުމެއް ބޭންކުން ފޮނުވާފައިނުވާ ކަމަށާއި އެ މައްސަލަ އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލް ގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

"އެކައުންޓް ފްރީޒް ކުރިކަން އެނގުނީ މުސާރަ ނަގަން ދިއުމުން. އެކައުންޓް ފްރީޒް ކުރިކަން ބޭންކުގެ ފަރާތުން ރަސްމީކޮށް އަނގާފައެއް ނުވޭ" ޝިޔާމް ވިދާޅުވި އެވެ.

ކައުންސިލުން އަމިއްލަ ފަރާތަކަށް ދޭންޖެހި ނުދެވި އޮތީ ކިހާ ފައިސާއެއް ކަމެއް ނުބުނެ އެވެ.