ހަބަރު

މަސްތުވާތަކެއްޗާއެކު ގެސްޓްހައުސް އަކުން ބަޔަކު ހައްޔަރުކޮށްފި

ގެސްޓް ހައުސް އެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލޭގެ ގެސްޓްހައުސްއެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ އޮޕަރޭޝަނެއް ހިންގައި ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 16 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ހައްޔަރު ކުރި އިރު ދެން ތިބީ 18 އަހަރާއި 23 އަހަރާ ދެމެދުގެ ހަ ފިރިހެނުންނެވެ.

ކޯޓުއަމުރެއްގެ ދަށުން އެމީހުން އެވަގުތުތިބި ގެސްޓްހައުސް ބަލައި ފާސް ކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ޖޫސްޕެޓީ ކޮތަޅަކާއި ދެ ރަބަރު ޕެކެޓުގެ އިތުރުން ޑިޖިޓަލް ކައްޓާއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.