ހަބަރު

"ޕީސް އިޒް ޕޮސިބަލް" ގެ ޕާޓްނަރުންނާއެކު ސޮއި ކޮށްފި

ޖޫނިއާ ޗޭމްބާ އިންޓަނޭޝަނަލް (ޖޭސީއައި) މޯލްޑިވްސް ގެ "ޕީސް އިޒް ޕޮސިބަލް" ކެމްޕޭނުގެ ޕާޓްނާސް އާއެކު އިއްޔެ ސޮއި ކޮށްފި އެވެ.

ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސުޓަޑީޒް ގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ޖޭސީއައި މޯލްޑިވްސްގެ ރައީސް މަރިޔަމް ޝިޒްލީން ވިދާޅުވީ ޕީސް އިޒް ޕޮސިބަލް ކެމްޕޭނުގެ ދަށުން މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ގިނަ ހަރަކާތްތަކެއް ހިންގިފައިވާ ކަމަށާއި އަދި މިއަހަރު ވެސް ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ކެމްޕޭނުގައި ޖޭސީއައި މޯލްޑިވްސް އިން ވަނީ 14 ކުންފުންޏަކާ އެކު ސޮއި ކޮށްފަ އެވެ.

ޖޭސީއައި މޯލްޑިވްސްގެ ފަރާތުން މިދިޔަ އަހަރު ވަނީ ޕީސް ރަން ގެ ގޮތުގައި ދުވުމެއް ބާއްވާފަ އެވެ. އެ ޕްރޮގްރާމުގައި ސުކޫލް ތަކުންނާއި އާންމު ފަރުދުންގެ 1500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައި ވެއެވެ.

ދުނިޔޭގެ ސުލްހައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.