ހަބަރު

ޕީޕީއެމް މައްޗަންގޯޅި ދެކުނު ދާއިރާގެ ކެމްޕޭނު ޖަގަހަ ހުޅުވައިފި

ޕީޕީއެމް މައްޗަންގޯޅި ދެކުނު ދާއިރާގެ ކެނޑިޑޭޓް މުހައްމަދު ޝުއާއުގެ ކެމްޕޭނު ޖަގަހަ މިރޭ ހުޅުވައި އިފްތިތާހް ކޮށްފި އެވެ.

ޕީޕީއެމް މައްޗަންގޯޅި ދެކުނު ދާއިރާގެ ކެނޑިޑޭޓް އަހުމަދު ޝުއާއުގެ ކެމްޕޭނު ޖަގަހަ ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނު ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވެި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް ޔާމިން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްގީ އެންމެ ފުރިހަމަ ގޮތުގައި ގެނެސް ނުދެވެނީ ބައެއް ކައުންސިލް މެންބަރުންގެ އިތުބާރު ނުލިބިގެން ކަމަށާއި ތަރައްގީ ގެނައުމަށް ކައުންސިލް އިންތިހާބު ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށެވެ.

"މި ދާއިރާ ޕީޕީއެމް ތަމްސީލު ކުރަށްވާ ކެނޑިޑޭޓް ހޮވިއްޖެ ކަމަށް ވަނީނަމަ މިދާއިރާގެ މަޖިިލިސް މެންބަރު ޝިނާނާއި ގުޅިގެން ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވިގެންދާނެ" ޒަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އަބްދުﷲ ޝިނާނުގެ އިތުރުން ޝުއާއު ވެސް ވަނީ ވާހަކަ ދައްކާވާފަ އެވެ.