ލައިފްސްޓައިލް

ތުނބުޅި ބެހެއްޓުމުގެ ފައިދާ އިންތިހާއަށް ބޮޑު

Apr 30, 2017
1

އަންހެން ކުއްޖަކު ކާމިޔާބު ކުރަން ބޭނުން ނަމަވެސް އެންމެ ފުރަތަމަ ދޭ ނަސޭހަތަކީ ތުނބުޅި ބަހައްޓާށޭ އެވެ. ތުނބުޅިއަކީ އަންހެނުން ނިކަން ގަޔާވާ އެއްޗެކެވެ. ފިރިހެނެއްގެ ކިބައިން ފިރިހެންވަންތަ ސިފަ ފެންނާނީވެސް ތުނބުޅި ބެހެއްޓީމަ ކަމަށް އަންހެނުން ބުނެ އެވެ. ސައިންސްވެރިން ބުނާ ގޮތުން ނަމަ އަވަަހަށް ކައިވެނިކޮށް ދިރިއުޅުމެއް ފަށަން ބޭނުން ނަމަވެސް ތުނބުޅި ބަހައްޓަންވީ އެވެ.

މިއަށްވުރެ ތުނބުޅިން ލިބޭ ފައިދާ ގިނަ އެވެ. ސިއްހަތަށް ލިބޭ ފައިދާތައް ގުނާ އަދަދު ނުކުރެވޭހާ ގިނަ އެވެ. އަދި މީގެ އިތުރުން ތުނބުޅި ބެހެއްޓުމަކީ ސުންނަތުންވެސް ސާބިތުވާ ކަމެކެވެ.

ތުނބުޅިން ލިބޭ ފައިދާތަކަށް ބަލާއިރު އިރުގެ އަލިން ދޫކުރަ ޔޫވީ ރޭސް އިން މޫނުގެ ހަންގަނޑު ރައްކާތެރިކޮށްދެ އެވެ. ޔޫވީ ރޭސްގެ 95 ޕަސަންޓު ތުނބުޅިން ބްލޮކްކޮށްލާ ކަމަށްވެ އެވެ. ތުނބުޅިއަކީ މޫނުމަތީގެ ހަންގަނޑު މޮއިސްޗަރައިޒް ވެފަ ހުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި އިރުގެ އަވި މޫނަށް ފޯރާ މިންވަރު މަދުވުމުގެ ސަބަބުން މޫނުމަތީގެ ހަންގަނޑު ހައިޑްރޭޓްވެ މޫނުގައި އެކަށީގެންވާ މިންވަރެއްގެ ތެޔޮކަމެއް ހިފަހައްޓައިދެ އެވެ. އެއީ މޫނަށް ރޫ އެރުމާއި ބިހި ނެގުން ފަދަ ކަންކަމުން ދުރުކޮށްދީ ޒުވާންކަންމަތީ ގިނަ ދުވަހު ހުންނަ ކަމެކެވެ. އެހެން ކަމުން ތުނބުޅި ބެހެއްޓުމަކީ އަވަހަށް މުސްކުޅިވުމުން ދުރުކޮށްދޭނެ ކަމެކެވެ.

މީގެ އިތުރުން މިއި ހަށިގަނޑުގެ ދިފާއި ނިޒާމްވެސް ވަރުގަދަކޮށްދޭ ކަމެެކެވެ. މީގެ އިތުރުން ބައެއް ކަހަލަ އެލާޖީތަކުންވެސް މީހާ ރައްކާތެރިކޮށްދެ އެވެ. ނަމަވެސް އެއީ އެންމެ ސާފުތާހިރުކޮށް ތުނބުޅި ބަލަހައްޓާނަމަ އެވެ. ތުނބުޅި ބެހެއްޓިއަސް އަދި އެހާ ހިސާބުން ފަރުޖެއްސޭކަށް ނެތެވެ. އެންމެ މަދުވެގެން ދުވާލަކު ދެ ފަހަރު ތުނބުޅި ދޮންނަންވާނެ އެވެ.

ތުނބުޅި ހުންނަ މީހުންގެ ވަރުގަދަ ޝަހުސިއްޔަތެއް ހުރެ އެވެ. އެމީހަކީ ވަރުގަދަ ޝަހުސިއްޔަތެއްގެ ވެރިއެއްކަން ތުނބުޅިން ދައްކުވައިދެ އެވެ. އަދި މަވެސް ތުނބުޅި ހުންނަ ނަމަ އެ މީހެއްގެ ގައިގާ ހަރުކުލަ ޖަހާނެ އެވެ. އެ މީހަކީ މެޗުއާ މީހެއް ކަމަށް ގިނަ މީހުން ގަބޫލުކުރާނެ އެވެ. ހާއްސަކޮށް އަންހެނުންނެވެ.