ލައިފްސްޓައިލް

މައިންބަފައިން އެންމެ ލޯބިވަނީ ދޮށީ ދަރިފުޅު ދެކެ!

Aug 15, 2017
3

އެންމެ ލޯބިވަނީ ކޮން ދަރިޔަކު ދެކެ ތޯ ސުވާލުކޮށްފިނަމަ ކޮންމެ މަންމަ އަކާއި ބައްޕައެއްވެސް ދޭނީ އެއް ޖަވާބެކެވެ. އެއީ ހުރިހާ ކުދިން ދެކެވެސް އެއް ވަރަކަށް ލޯބިވާ ކަމަށެވެ. ލޯބިވުމުގައިވެސް އެއްވެސް ކުއްޖަކު ތަފާތު ނުވާނެ ކަމަށެވެ. އެކަމަކު އެއީ ގިނަ މައިންބަފައިން ހަދާ ދޮގެކެވެ. އެކަމާ ގުޅޭގޮތުން ދާދިފަހުން ހެދި ދިރާސާއަކުން މިވަނީ އެއީ ދޮގެއްކަން ސާބިތުވެފަ އެވެ.

ޖާނަލް އޮފް މެރިއޭޖް އެންޑް ފެެލީ އިން ހެދި އެ ދިރާސާއިން ދައްކާ ގޮތުގައި 75 ޕަސަންޓު މައިންބަފައިން ދަރިންގެ ކުރިމަތީގައި އެ ސުވާލުގެ ޖަވާބަކަށް ދޮގު ހަދަ އެވެ. އެކަމަކު އެއީ ދޮގެއް ހެދުމުގެ ބޭނުމުގައެއް ނޫނެވެ. ކުދިންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް މަސްލަހަތު ހިފެހެއްޓުމަށެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި ގިނަ މައިންބަފައިންގެ "ފެވަރިޓް" ދަރިފުޅަކީ އެންމެ ފުރަތަމަ ދަރިފުޅު ނުވަތަ ދޮށީ ދަރިފުޅު ދެކެ އެވެ.

ފަހަރުގައި ވެދާނެ އެވެ. ހިޔާލެއް ފިކުރެއްނެތި ސަކަރާތާއި މަޖަލުގައި ހޭދަކުރި ދުވަސްތައް ބަދަލުކޮށްލާ ދިރިއުޅުމަށް އިންގިލާބެއް ގެނައީ އެ ދަރިފުޅު ކަމަށްވީމަ އެވެ. އެންމެ ފުރަތަމަ އެ ހަށިގަނޑުގައި ތެރެއިން އުފެދުނު ތުއްތު ތުއްތު ފުރާނަ އަކީ ފުރަތަމަ ދަރިފުޅު ކަމަށްވީމަ އެވެ. އެހެން ކުދިންނަށް ވުރެ ފުރަތަމަ ދަރިފުޅަށް ހޯދާ ތަކެއްޗާއި ކަންތައް ކޮށްދިނުމުގައި ހާއްސަ ގޮތެއްވެސް މައިންބަފައިންނަށް ގެންގުޅެވެ އެވެ.

ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން ކުރިއަށް ގެންދިޔަ އެހެން ދިރާސާއަކުން ދައްކާ ގޮތުގައި އެންމެ ހަގު ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮ ކަމާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަ އެވެ. އަދި އެކުދިންނަށް މައިންބަފައިންގެ ފަރާތުން އެކަންކަމުގައި އަޅާލުން ލިބޭ މިންވަރު ދަށް ކަމަށްވެސް ވެ އެވެ.

ނޭނގި ނަމަވެސް އެންމެ ދޮށީ އަދި އެންމެ ހަގު ކުއްޖާ އާއި ދޭތެރޭ މައިންބަފައިންނަށް އަމަލު ކުރެވޭ އެ ގޮތްތަކަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެއިން ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.