ހަބަރު

މަސްތުވާތަކެތީގެ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ސްކޫލްތަކަށް ފަށައިފި

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ފަރާތުން ސުކޫލުތަކަށް އަމާޒުކޮށް މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހޭލުންތެރި ކަމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އެންޑީއޭ ގެ އިމާރާތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އެންޑީއޭގެ ޗީޕް އެގްޒެކެޓިވް އޮފިސަރު ހަސަން ޝަހީރު އެވެ. މި ރަސްމިއްޔާތުގައި ޝަހީރު ވިދާޅުވީ ސުކޫލު ދައުރުގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިން މަދުން ނަމަވެސް ފެންނަ ކަމަށާއި އެންމެ ކުޑައިރުއްސުރެ ވެސް މަސްތުވާތަކެތިން ދުރުވާން ކުދިންނަށް ބާރު އެޅުމަށް ސުކޫލުގެ ފަރާތުން އަދާކުރަން ޖެހޭ ދައުރު ވަރަށް މުހިންމު ކަމަށެވެ. ކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅު ތަކާއި ބެހޭ ގޮތުން މި ޕްރޮގްރާމުގައި މައުލޫމާތު ދެވިގެންދާނެ ކަމަށް ޝަހީރު ވިދާޅުވި އެވެ.

"މަސްތުވާތަކެތީގެ ވަބާއިން ދުރުވާން އެންމެ ކުޑައިރުއްސުރެ ބޭނުންވާ ހުނަރުތަށް ދަސްކޮށްދިނުމުގައި ސުކޫލުތަށް މެދުވެރިކޮށް އެ ކުދިންނަށް ލިއްބައިދިނުން" ޝަހީރު ވިދާޅުވި އެވެ.

ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ސްކޫލް ބޭޒްޑް ޕްރިވެންޝަން ޕްރޮގްރާމް" ގައި މާލޭގެ ގިނަ ސުކޫލުތަކަކުން ބައިވެރިވެފައި ވެއެވެ.