ވިޔަފާރި

އުރީދޫއިން ހިއްސާ ވިއްކަން ފަށައިިފި

May 1, 2017

އުރީދޫ މޯލްޑިވްސް އިން ހިއްސާ ގަތުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލައި، ހިއްސާ ވިއްކަން ފަށައިިފ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގައި އިންވެސްޓް ކުރަން އާއްމުންނަށް ހުޅުވާލާފައިވަނީ އުރީދޫން ދޫކޮށްފައިވާ ހިއްސާގެ 40 ޕަސެންޓާ ހަމައަށް ކަމަށެވެ. ހިއްސާ ގަތުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.

އުރީދޫން ހިއްސާ ވިއްކަނީ 30ރ. ގެ ރޭޓުންނެވެ. އެ ކުންފުނިން އެންމެ ފުރަތަމަ ވިއްކަން ހުޅުވާލާނީ ހިއްސާގެ 15 ޕަސެންޓަށެވެ. މިއީ އެ ކުންފުނީގެ ހިއްސާގެ 22,170,060 ހިއްސާ އެވެ. އަދި ގިނަވެގެން ގަނެވޭނީ 40 ޕަސެންޓެވެ.

އުރީދޫ އިން ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ކަލެކްޝަން ޕޮއިންޓްތައް ވަނީ ގާއިމް ކޮށްފަ އެވެ. އުރީދޫގެ ހިއްސާ ވިއްކާ އެންމެ ފަހު ދުވަހަކީ މިމަހުގެ 28 ވަނަ ދުވަހެވެ.