ލައިފްސްޓައިލް

ސެން ރީމޯ ލަސާންޏާ ޝީޓް، ރަހަ މީރުކޮށްދީފި

May 9, 2017
2

ސްކޫލް ދައުރު، ރައްޓެއްސެއްގެ އުފަން ދުވަހު ބޭއްވި ޕާޓީއަކަށް އޭނާގެ މަންމަ ތައްޔާރުކޮށްފައި ހުރި ލަސާންޏާއަކީ ހަޔާތުގައި ކެވުނު އެންމެ މީރު ކެއުމެވެ. ލަސާންޏާއަށް ހިތުގައި ވަރަށް ޚާއްޞަ ޖާގައެއް ދެވިފައި ވަނީ އެހެންވެ އެވެ.

ބޮޑުވަމުން އައި އިރު ލަސާންޏާ ކާން ލިބުނު އެއްވެސް ފުރުސަތެއް ދޫކޮށެއްނުލަމެވެ. ނަސީބުވެސް ވަރަށް ރަނގަޅެވެ. ކިޔަވާ ނިންމުމަށްފަހު އެންމެ ގާތް އެކުވެރިޔާވެސް ވީ ކައްކާއަކަށެވެ. އޭނާގެ ކެއްކުމުގެ ހުނަރު ފުރިހަމަ ކުރާން ކުރި މަސައްކަތުގައި ވަރަށް ގިނައިން ލަސާންޏާ ކާން ލިބެ އެވެ.

އުފަންދުވަހުގެ ޙަފްލާތަކާއި، އެއްވުންތަކާއި، އަދި ވަދާއީ ބައްދަލުވުންތަކުގައި ތަކުގައިވެސް ވަރަށް މީރުކޮށް ތައްޔާރުކޮށްފައި ހުންނަ ލަސާންޏާ ލިބެ އެވެ.

ވަޒީފާއަށް ނުކުމެ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ގޮތްވުމުން ލަސާންޏާ ކެއުންވީ ދިރިއުޅުމުގެ ބަޔަކަށެވެ. ލަސާންޏާ ކާން ދާ ރެސްޓޯރެންޓުގައި އެންމެ ޚާއްޞަ ކެއުމަކީވެސް ލަސާންޏާއެވެ. އެތަނުގެ ލަސާންޏާ އަށް ގިނައިން ޗީޒް އަޅާފައި ހުރެ އެވެ. އެތަނުގައި ކާނެ އެއްޗެއް ނޭނގިގެން މެނޫއަށް ބަލަހައްޓައިގެން އިންނާކަށް ދުވަހަކުވެސް ނުޖެހެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ލަސާންޏާ ކާން ލިބުނު ހުރިހާ ފަހަރަކުވެސް އެއް ކަމެއް ބަދަލު ނުވާކަން ފާހަގަކުރެވެއެވެ. މިހާތަނަށް ކެއި ހުރިހާ ލަސާންޏާއެއް ހަދާފައި ހުރީ ސޭން ރީމޯ ލަސާންޏާ ޝީޓު ބޭނުންކޮށްގެނެވެ.

ދުރުމް ގޮދަނުގައި ހަދާފައި ހުންނަ ސޭން ރީމޯ ލަސާންޏާ ޝީޓަކީ ގޭގޭގައާއި ރެސްޓޯރެންޓުތަކުގައި ފަސޭހަކަމާއެކު ބޭނުންކުރާ އެއްޗެކެވެ. މިއީ ކައްކާއިންގެ އިތުބާރު ލިބިފައިވާ އެއްޗެކެވެ. ޕާސްތާގެ ކޮންމެ ޑިޝްއަކަށް ފުރިހަމަކަމެއް މި ޝީޓުގެ ސަބަބުން ލިބެ އެވެ.

ސޭން ރީމޯ ޝީޓަކީ ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހަދާފައި ހުންނަ ޝީޓެކެވެ. ކުރީން ކައްކާކަށް ނުޖެހޭނެ އެވެ. ވަގުތުން އަވަނަށް ލާފައި ފިހެލެވެ އެވެ. ނަމަވެސް ޓްރޭގައި އެތުރުމުގެ ކުރީން ހޫނު ފެނަށް ޝީޓުތައް ގަންބާލުމުން ލަސަންޏާއަށް ތެތްކަމެއް ގެނެސްދީ އަނގަޔަށް ވިރިގެންދާނެ އެވެ.
ލަސާންޏާ ތައްޔާރު ކުރެވޭނީ ވަރަށް ކެތްތެރިވެގެންނެވެ. އެއަށް ބޭނުންވާ ދެ ސޯހާއި ފަށަލަތައް ހެދުމަށް ކެތްތެރިކަން ބޭނުންވެ އެވެ. ނަމަވެސް ސޭން ރީމޯ ޝީޓުން އެ ވަގުތު ސަލާމަތްކޮށްދީ މަސައްކަތް ލުއި ކޮށް ދެއެވެ.
މި ޕާސްތާ ޝީޓުތަކަކީ އެކިވައްތަރުގެ މަހާއި، ތަރުކާރީ، އަދި ޗީޒް ފިލިންސްއަށް އެންމެ ގުޅޭ ޝީޓެވެ. ތަފާތު ވައްތަރުގެ ފިލިން ބޭނުންކޮށްގެން މި ޝީޓުވަނީ ޓެސްޓުކުރެވިފަ އެވެ.

ސްޕައިސީ ޓޫނާ ލަސާންޏާ ހަދަން ބޭނުންވާ ތަކެތި

  • 250 ސޭން ރީމޯ އިންސްޓަންޓް ލަސަންޏާ ޝީޓު
  • 1 ބޮނޑި ލޮނުމެދު (ޗިސްކޮށްފައި)
  • 2 ތެޔޮ މަސްދަޅު
  • 5 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
  • 800 ގ. ދަޅު ޓޮމާޓޯ
  • 2 ޖޯޑު ޗިކެން ސްޓޮކް
  • ލޮނު، އަސޭމިރުސް (ރަހަލާވަރަށް)
  • ނަޓް މެގް (ޕިންޗް)
  • މުގުރި މިރުސް
  • 4 މޭޒުމަތީ ސަމުސާ ބަޓަރު
  • 2 މޭޒުމަތީ ސަމުސާ ފުށް
  • 2 ޖޯޑު ކިރު
  • 125 ގ. މޮޒަރިއްލާ ޗީޒް ނުވަތަ ޝެޑަރ ޗީޒް
  • 1 ކެރެޓު (ހިމުންކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ ތެޔޮ
  • 1 ފިޔާ، (ކުދިކޮށް ކޮށާފައި)
  • މިރުސް (ކޮށާފައި)

ޓޫނާ ސޯސް ތައްޔާރު ކުރާނެ ގޮތް

ތައްޔާރު ކުރަން އެހާ އުނދަގޫ ނޫނަސް ލަސާންޏާ އަކީ ފުދޭވަރަކަށް ވަގުތު ބޭނުންވާ އެއްޗެކެވެ. ނަމަވެސް އެއީ ސޯސް ގަނޑު ތައްޔާރު ކުރާށެވެ. ލަސާންޏާ އަށް ދެ ސޯސް ގަނޑެއް ތައްޔާރު ކުރަން ޖެހެ އެވެ. އެންމެ ފުރަތަމަ ޓޫނާ ސޯސް ތައްޔާރުކުރެވިދާނެ އެވެ. އެގޮތުން ތެޔޮފޮދު ތަވައެއްގައި ހޫނު ކުރާށެވެ. ތެޔޮ ފޮދު ހޫނުވުމުން އޭގެ ތެރެއަށް ފިޔާ، މިރުސް، ލޮނުމެދު އަދި ކެރެޓު އެއްކޮށް އަޅާލާ މިލަންދެން ކައްކާލާށެވެ. އެއަށްފަހު ފިޔާގަނޑުގެ ތެރެއަށް ޓޫނާ ނުވަތަ މަސްކޮޅު އަޅައި ދެ މިނެޓު ނުވަތަ ތިން މިނެޓު ވަންދެން ކައްކާލުމަށްފަހު ޓޮމާޓޯ ޕޭސްޓާއި، ދަޅު ޓޮމާޓޯ، އަދި ޗިކެން ސްޓޮކް އަޅައި އިރުކޮޅަކަށް ކައްކާލާށެވެ. އެއަށްފަހު ލޮނާއި، އަސޭ މިރުހާއި ޗިލީ ޕައުޑަރު އާއި ނަޓް މެގް އެޅުމަށްފަހު މަތިޖަހައިގެން 20 މިނިޓް ވަންދެން މަޑުގިނީގައި ކައްކާލުމުން ޓޫނާ ސޯސް ތައްޔާރު ކުރެވުނީ އެވެ.

ޗީޒް ސޯސް ތައްޔާރު ކުރުމަށް އެންމެ ފުރަތަމަ ތަވާއެއްގައި ބަޓާރު ވިރުވާށެވެ. ބަޓަރުކޮޅު ވިރުމުން އޭގެތެރެއަށް ފުށް އަޅައި ދެ މިނެޓު ވަންދެން މަޑުގިނީގައި ކެއްކުމަށްފަހު އުނދުންމަތީން ބޭލުމަށްފަހު ކިރު އަޅާށެވެ. އެއަށް އުނދުން މައްޗަށް އުދައިގެން ކިރު ބޯވަންދެން ކައްކާފައި އޭގެ ތެރެއަށް ލޮނާއި، އަސޭ މިރުސް އަދި ޗީޒް އަޅައިގެން ކައްކާށެވެ. ޗީޒް ވިރެންދެން މަޑުގިނީގައި ކައްކަން ވާނެ އެވެ.

މިހާރު ގާތްގަނޑަކަށް ލަޒާނިއާ ތައްޔާރުކުރެވުނީ އެވެ. ލަޒާނިއާ އެތުރުމަށް އެންމެ ފުރަތަމަ އަވަށް 180 ޑިގްރީއަށް ހޫނުކޮށްލާށެވެ. އެއަށްފަހު ޓްރޭއެއްގައި ބަޓަރުކޮޅެއް ހާކައި ޓްރޭގެ ތެރެއަށް ބައިޖޯޑު ޓޫނާ ސޯސް އަޅާލާށެވެ. ދެން އޭގެ މަތީން ލަސާންޏާ ޝީޓެއް ބާއްވާފައި އެޝީޓުގެ މައްޗަށް ޓޫނާ އާ ޗީީޒް ސޯހުގެ ފަށަލައެއް ލާށެވެ. ދެން އޭގެ މަތީން ޗީޒް ފަށަލައެއް ލާށެވެ. މިގޮތަށް ހަތަރު ފަށަލަ ހެދިދާނެ އެވެ. އެއަށްފަހު އޭގެ މައްޗަށް ޕާމެސަން ޗީޒު ގާނާފައި އަޅާލާފައި އަވަނުގައި 35-40 މިނެޓު ވަންދެން ފިހެލީމާ ލަސާންޏާ ތައްޔާރު ކުރެވުނީ އެވެ.