LIVE UPDATES

ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް

  • ގިނަ ވޯޓު ފޮށިތައް ވަނީ ގުނާފަ
  • 100 އަށްވުރެ ގިނަ ފޮށީގެ ނަތީޖާ ވަނީ ލިބިފަ
  • މިވަގުތު އެންމެ ކުރީގައި އުޅެނީ އެމްޑީޕީ

ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެއްދި ކައުންސިލްތަކުގެ ތިންވަނަ ދައުރަށް ކައުންސިލުން ހޮވުމަށް ބާއްވާ ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު ވަނީ ހުރިހާ ތައްޔާރީތަކެއްވެފަ އެވެ. ކައުންސިލް އިންތިހާބު މިއަދު ބާއްވާއިރު ތިން ފަހަރެއްގެ މަތިން އިންތިހާބު ބާއްވާ ދުވަހަށް ފަސްކޮށްފައިވެ އެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް މިފަހުން ގެނައި ބަދަލުގެ ސަބަބުން މި ދައުރަށް ހޮވަންޖެހޭ ކައުންސިލަރުންގެ އަދަދު މަދުވާނެ އެވެ. މީގެކުރިން ކައުންސިލަރުން ހޮވަނީ ކޮންމެ 3000 މީހުންނަށް ވުރެއް މަދު އާބާދީ އޮންނަ ރަށްރަށުން ފަސް ކައުންސިލް މެންބަރުންނެވެ. އަދި އެއަށްވުރެއް ގިނަ ނަމަ ހަތް މެންބަރުންނެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން 3000 ހަމަނުވާ އާބާދީތަކަށް ދެން ހޮވަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި އެއަށްވުރެ އާބާދީ މަތިނަމަ ފަސް ކައުންސިލަރުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 422 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވޯޓުލުމުގެ ހައްގު ލިބެނީ 255،987 މީހުންނަށެވެ. އޭގެތެރެއިން 45745 މީހުން ރީ ރަޖިސްޓްރީކޮށްފައިވެ އެވެ.

މިފަހަރު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހެނީ 664 ކައުންސިލަރުންނެވެ. އެ މަގާމުތަކަށް ޖުމްލަ 1،496 ކެނޑިޑޭޓުން އެކި ޕާޓީތަކުން ވަނީ ކުރިމަތިލާފަ އެވެ. މި ނިމުނު ދައުރަށް 1،115 ކައުންސިލަރުން އިންތިހާބުކޮށްފައިވެ އެވެ. ކެނޑިޑޭޓުންގެ އަދަދު މިފަހަރު އެންމެ ގިނައީ ޕީޕީއެމްގަ އެވެ. އެއީ 521 ކެނޑިޑޭޓުންނެވެ. އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއިން ކުރިމަތިލާފައިވަނީ 469 ކެނޑިޑޭޓުންނެވެ. ޖުމްހޫރީ ޕާޓީން 93 ކެނޑިޑޭޓުން އެކި ކައުންސިލްތަކުގެ ގޮނޑިތަކަށް ނެރެފައިވާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން ވަނީ 49 ކެނޑިޑޭޓުން ނެރަފަ އެވެ. ޑީއާރްޕީގެ އެއް ކެނޑިޑޭޓް ވާދަކުރާއިރު އަމިއްލަ ގޮތުން 363 ކެނޑިޑޭޓުން އިންތިހާބުގައި ވާދަކުރެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 422 ވޯޓު ފޮށި ބަހައްޓާފައިވާއިރު ވޯޓުލުމުގެ ހައްގު ލިބެނީ 255،987 މީހުންނަށެވެ. އޭގެތެރެއިން 45745 މީހުން ރީ ރަޖިސްޓްރީކޮށްފައިވެ އެވެ.

ކައުންސިލް އިންތިހާބު އޮބްޒާވުކުރުމަށް 898 ފަރާތުން ހަރަކާތްތެރިވާނެ އެވެ. އޭގެއިތުރުން ހަ އިންޓަނޭޝަނަލް އޮބްޒާވަރުން ވެސް ހަރަކާތްތެރިވާނެ އެވެ. އިންތިހާބު މޮނީޓާކުރުމުގެ ހުއްދަ 634 ފަރާތަކަށް ދީފައިވާއިރު ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1147 ފަރާތަކުން ހަރަކާތްތެރިވާނެ އެވެ.