ހަބަރު

ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރަނީ

May 15, 2017

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ރަސްމީ ނަތީޖާ ފާޅުކުރުން މިއަދު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މިއަދު މެންދުރު 2:15 އިން ފެށިގެން ރަސްމީ ނަތީޖާތައް އިއުލާން ކުރަން ފަށާށެވެ. ވަގުތީ ނަތީޖާތައް އިއުލާންކޮށް ކޮމިޝަނަށް ނިންމާލެވުނީ އިއްޔެގެ ވަގުތެއްގަ އެވެ. ވަގުތީ ނަތީޖާތައް އާންމު ކުރަމުން ދިޔަ އިރު ބައެއް ނަތީޖާ ޝީޓްތަކުގައި މައްސަލަ ދިމާވެގެން 25 ދާއިރާއެއްގެ ވޯޓް ފޮށިތައް އަލުންކަނޑައި ވަނީ ވޯޓްގުނައިފަ އެވެ. އެހެން ނަމަވެސް ނަތީޖާއަށް ބަދަލެއް އަންނަވަރުގެ މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.

އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުގައި އިންތިހާބު ބާއްވާތާ 14 ދުވަހުގެ ތެރޭގައި އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ޖެހެ އެވެ. ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްވެގެން އިދިކޮޅު ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނަށް ފާޑުކިޔާފައިވެ އެވެ.

އެލްޖީއޭ އިން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ ތިނެއްގައި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ.