ހަބަރު

ރަސްފަންނުގައި ސިފައިންގެ އާއިލީ ހަވީރު ފަށައިފި

ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ސިފައިންގެ އާއިލީތަކަށް ބާއްވާ "އާއިލީ ހަވީރު" މިއަދު ހަވީރު މާލޭގައި ފަށައިފި އެވެ.

ހާއްސަ ރަސްމިއްޔަތަކާއެކު ސިފައިންގެ އާއިލީ ހަވީރު ފަށާފައިވަނީ ރަސްފަންނުގަ އެވެ. މި ހަވީރު މާދަމާ ވެސް ކުރިއަށް ދާނެ އެވެ.

އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފެށި އާއިލީ ހަވީރުގައި ގިނަ ހަރާކާތްތަކެއް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ރަށްފުށުގެ ދިރިއުޅުމުގެ އެހާރާއި މިހާރާއި، ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން ގިނަ ކުޅިވަރުތަކާއި ސިފައިންގެ ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތަކެއް ވެސް ހިމެނެ އެވެ. މި ހަވީރުގައި މިއަދު ގިނަ އަދަދެއްގެ އާންމުން ބައިވެތިވި އެވެ.