ހަބަރު

ނަރުހުންގެ ރީސާޗް ކޮމިޓީ އިފްތިތާހް ކޮށްފި

އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ނަރުހުންގެ ނަރުހުންގެ ރީސާޗް ކޮމެޓީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ރަސްމީކޮށް އިފްތިތާހް ކޮށްދެއްވައިފި އެވެ.

ބައިނަލް އަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި އިފްތިތާހު ކުރި ނަރުހުންގެ ރީސާޗް ކޮމިޓީއަކީ އައިޖީއެމްއެޗްގެ ނަރުހުންގެ ކޮމިއުނިޓީ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މެނޭޖްމަންޓްގެ ނިންމުން ތަކުގައި އެހީތެރިކަން ފޯރުކޮށް ދީ ރިސާޗްތައް ހަދާނެ ކޮމެޓީއެކެވެ.

މީގެ އިތުރުން އެ ކޮމެޓީން އެ ދާއިރާގެ އުނގެނުންތަކުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދަންމަސައްކަތް ކުރުމުގެ އިތުރުން އެކަށީގެންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވާނެ އެވެ.

ނަރުހުންގެ ރީސާޗް ކޮމިޓީގައި އައިޖީއެމްއެޗް ގައި މަސައްކަތް ކުރައްވާ ސީނިއާ އަށް ނަރުހަކު ހިމެނިވަޑައިގަންނަވަ އެވެ.