ހަބަރު

ވެމްކޯގެ ކުނި އުކައިދިނުން ހުޅުމާލޭގައި ފަށަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ކުނި އުކާލައި ދިނުން ހުޅުމާލޭގައި ފަށައި ވޭސްޓް މެނޭޖްމަންޓް ސާވިސްގައި ރެޖިސްޓަރީވާން ހުޅުވާލައިފި އެވެ.

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުޅުމާލެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ކަލެކްޝަން ސާވިސް މެނޭޖާ ހިދާޔާ ނަސީރު ވިދާޅުވީ ހުޅުމާލެއަށް ހުޅުވާލަނީ ވަކި ޒޯން ތަކަށް ބަހާ ނުލައި ކަމަށާއި މިމަހު 21 ހުން ފެށިގެން ހިދުމަތް ފަށާނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް ރަޖިސްޓާ ވުމުގެ ފުރުސަތު އެޗްޑީސީ ގެ އޮފީހާއި ހުޅުމާލެ ފެރީ ޓާމިންލްގައި ކުރިއަށްދާނެ ކަމަށެވެ.

އޭގެ ފަހުން ވެމްކޯގެ އޮފީހާއި ވެބްސައިޓުގެ އިތުރުން އެޗްޑީސީން ވެސް ރަޖިސްޓްރީ ފޯމު ލިބޭނެ އެވެ. މާލެއެކޭ އެއް އުސޫލުން ހުޅުމާލޭގައި ވެސް ގޭބިސީއަކުން ނަގަނީ މަހެއްގެ މައްޗަށް 150ރ އެވެ. އިމާރާތަކުން ނަމަ 100ރ. އެވެ.

ވެމްކޯ އިން ވަނީ ކުނި އުކާލުުގެ ހިދުމަތް މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން މާލެއަށް ފަށައިފަ އެވެ.