ހަބަރު

ގާނޫނީ ވަކީލް އަލީ ޝާހް ހައްޔަރުކޮށްފި

މަރާލާފައިވާ ބްލޮގާ އަދި އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅޭ ތަހުގީގަށް ހުރަށް އެޅުމަށް މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ގާނޫނީ ވަކީލް އަލީ ޝާހް ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ޔާމީންގެ މަރުގެ މައްސަލާގައި ފުލުހުން ފަށާފައިވާ ތަހުގީގަށް ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތުގައި ކޯޓް އަމުރެއްގެ ދަށުން ޝާހް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާއަކީ ކުރިން އޭޖީ އޮފީހުގައިވެސް މަސައްކަތް ކުރެއްވި އަދި ފަހުން ޖިނާއީ މައްސަލަތަކުގައި އަމިއްލަ ގޮތުން މަސައްކަތް ކުރައްވާ ވަކީލެކެވެ.

ތަހުގީގަށް ހުރަސް އަޅާ ކަމުގެ ތުހުމަތުގައި ޝާހު ހައްޔަރު ކުރި އިރު ޔާމީންގެ މަރާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ހަމީހެކެވެ.