ލައިފްސްޓައިލް

ބީޓްރޫޓް: ދޫކޮށް ނުލައި ހިފާލަން ޖެހޭ ތަރުކާރީއެއް

May 15, 2017
1

ބީޓްރޫޓާކި ދިވެހިންގެ ކެއުމުގެ ތެރޭގައި ވެސް ފަހަަކަށް އައިސް ހިމެނި އަދި އިތުރުވަމުން އަންނަ އެއްޗެކެވެ. ބީޓަކީ ތާޒާކޮށް އަދި ޕިކްލް ކޮށްގެނާއި ސޫޕާ އެކުވެސް ބޭނުންކުރެވިދާނެ ތަރުކާރީ އެކެވެ. ބީޓްގައި އެންޓިއޮކްސިޑެންޓް އަދި އޭގައި ގިނަ މިންވަރަކަށް އެންޓި އިންފްލެމޭޓަރީ ހިމެނޭތީ އެއީ ހަށިގަނޑަށް ގިނަ ފައިދާތަކެއް ދޭ އެއްޗެއް ކަމަށްވެ އެވެ. އަދި މިއީ ކެންސަރު ޖެހުމުން ދުރުކޮށްދޭ ތަރުކާރީއެއް ވެސް މެއެވެ.

ބީޓްރޫޓުގައި ގިނަ އަދަދަކަށް ވިޓަމިން އަދި މިނެރަލް ހިމެނެ އެވެ. އަދި ބީ ކޮމްޕްލެކްސް ވިޓަމިނާއި، ވިޓަމިންސީ، ފްލެވަނޮއިޑް އެންޓި އޮކްސިޑެންޓްސް އަދި ވިޓަމިން އޭ ވެސް ހިމެނެ އެވެ. މި ތަރުކާރީން ލޭގެ ޕްރެޝަރު ދަށްކޮށްދީ ހިތާއި ފުރަމޭގެ ސިއްހަތު ރަނގަޅުކޮށް ދެއެވެ. އަދި މަތީ މިންވަރަކަށް ނައިޓްރޭޓްސް ހިމެނުމުގެ ސަބަބުން ލޭ ދަުރުކުރާ ހޮޅިތައް ރިލެކްސްވެ ލޭ ދައުރުކުރާ މިންވަރު އަވަސް ކޮށްދެ އެވެ.

ބީޓްރޫޓްގެ ސަބަބުން ކެންސަރުން ދުރުކޮށްދެނީ އޭގައި ހިމެނޭ ރަތް ޕިގްމަންޓްގައި ހުންނަ މާއްދާތަކެއް ކެންސަރު ޖައްސާ ސެލްތައް ނައްތާލައިދޭތީ އެވެ. ބީޓްރޫޓަކީ ހާއްސަކޮށް އުމުރުން ދުވަސްވީ މީހުން ބޭނުން ކުރަން ރަނގަޅު ތަރުކާރީ އެކެވެ. އެއީ އުމުުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީގެ ލޭ ދައުރު ކުރުމަށް ލަސްތަކެއް ދިމާވާއިރު ބީޓްރޫޓުން ލޭ ދައުރުކުރުން އަވަސްކޮށްދޭތީ އެވެ.

ވޭކް ފޮރެސްޓް ޔުނިވާސިޓީ އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާ ގޮތުގައި ބީޓްރޫޓްގެ ޖޫހުން ޑައިމެންޝިއާ ޖެހުން ލަސްކޮށްދީ ލޭގައި އޮކްސިޖަން ދައުރުވާ މިންވަރު އިތުރުވުމަށް އެހީވެދެ އެވެ.

ބީޓް ރޫޓްގައި ހިމެނޭ ފައިބާ މާއްދާއަކީ ބަނޑަށް ވެސް ރަނގަޅު އެއްޗެކެވެ. އެހެން ކަމުން ހަޖަމްކުރުމުގެ ނިޒާމް އިތުރަށް ވަރުގަދަކޮށްދެ އެވެ.

ނަމަވެސް ބީޓްރޫޓަކީ އޭގައި ސައިޑް އިފެކްޓްތަކެއް ވެސް ހުންނަ ތަރުކާރީ އެކެވެ. ހާއްސަކޮށް މާބަނޑު އަންހެނުންނާއި ގާތުންދޭ މައިން ބީޓްރޫޓް ބޭނުންކު ރުމުގައި ސަމާލުކަން ދޭން ޖެހެ އެވެ. މާގިނައިން ބީޓްރޫޓް ބޭނުން ކުރުމުގެ ސަބަބުން ބައެއް މީހުންގެ ހަށިގަނޑުގައި ކެލްޝިއަމް ހުންނަ މިންވަރު ދަށްކޮށްލާ ކިޑްނީ ހަލާކުވުމަށް މެދުވެރިވެ އެވެ.