ހައްޖުގެ އަޅުކަން

އެޗްސީއަށް 500، ފަސް ޕާޓީއަކަށްބެހޭ ގޮތަށް 500 ކޯޓާ

May 18, 2017
ދިވެހި ހައްޖުވެރިންތަކެއް. -- އަވަސް ފައިލް ފޮޓޯ
0%
0%
0%

ރާއްޖެއިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަން (އެޗްސީ) ގެ އިތުރުން އަމިއްލަ ފަސް ކުންފުންޏަކަށް ހައްޖު ކޯޓާ އިސްލާމިކް މިނިސްޓްރީން ދޫކޮށްފި އެވެ.

މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެއްދިއުމަށް ހައްޖު ކޯޓާގެ ގޮތުގައި އެޗްސީ އަށް 500 ކޯޓާ ހަމަޖައްސާފައިވާ ކަމަށާއި އަދި ހުއްދަދިން އަމިއްލަ ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 100 ކޯޓާ ދޭން ނިންމާފައިވާ ކަމަށެވެ.

މިއަހަރު ހައްޖު ކޯޓާ ދޫކުރަން ނިންމާފައިވާ ފަސް ކުންފުންޏަކީ ދަރުމަ ލިލްހައްޖި ވަލްއުމްރަތި ޕްރައިވެޓް ލިމިޓެޑާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި ކިސްވާ ޕްރައިވެޓް ލިމިޓެޑާއި ޒައީމާ ހައްޖު ގްރޫޕް އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމްރާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކޮންމެ އަހަރަކު 1000 ކޯޓާ ދޭން ނިންމާފައިވީ ނަމަވެސް ސައުދީ ރަސްގެފާނާއި ރައީސް އަބްދުﷲ ޔާމީނާއި ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ ސަބަބުން އިތުރު ކޯޓާތައް އަދިވެސް ލިބެމުންދާ ކަމަށެވެ. އަދި މިއަހަރު ވެސް އިތުރު ކޯޓާ ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910