ހަބަރު

ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކަށް ސޫދާންގެ މުދައްރިސުން

ގުރުއާނާބެހޭ މަރުކަޒުގެ ގޮފި ތަކުގައި ކިޔަވާ ދިނުމަށް ސޫދާން މުއްދައްރިސުން ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅުތަކުގައި ހިންގަމުންދާ ގުރުއާނާއިބެހޭ މަރުކަޒުގެ ބައެއް ގޮފިތަކުގައި ކީރިތި ގުރުއާން ހިތުދަސް ކުރުމާއި ގާރީ ކުލާސްތައް ހިންގުމަށާއި އަރަބި ބަސް ދަސްކޮށް ދިނުމަށް ފުރަތަމަ ބުރުގައި ގެންނަން ހަމަޖެހިފައިވާ ސޫދާންގެ ހަ މުދައްރިސުން ރާއްޖެ އައިސްފަވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ފުރަތަމަ ބުރުގައި ރާއްޖެ އައިސްފައިވާ ހަ މުދައްރިސުންގެ ތެރެއިން ފަސް މުދައްރިސަކު ފޮނުވަން ހަމަޖެހިފައިވަނީ ތ. ގުރައިދޫއާ ރ. އުނގޫފާރާއި ލ. ފޮނަދޫ އަދި ގދ. ތިނަދޫގެ އިތުރުން ގއ. ކޮލަމާފުއްޓަށް ކަމަށެވެ.