ރީތި އަދި ދިގު އިސްތަށިގަނޑެއް ގެންގުޅުމަކީ އުނދަގޫ ކަމެއް ނަމަވެސް ނިކަން ގިނަ އަންހެން ކުދިން ބޭނުންވާ ކަމެކެވެ. އެ ދުވަސްވަރެއްގެ ޓްރެންޑާ އެއްގޮތަށް އިސްތަށިގަނޑު ކޮށި ނަމަވެސް އާންމުކޮށް ދިގު އިސްތަށިގަނޑެއް ބޭނުންވާ މީހުން މަދެއް ނޫނެވެ. އެމީހުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އިސްތަށިގަނޑު ދިގުވާލެއް ލަސް ވުމެވެ. ހިންހަމަ ޖެހޭ ވަރަށް އިސްތަށިގަނޑު ދިގުވާން ގިނަ ދުވަސް ވާތީ އަނެއްކާވެސް އިސްތަށިގަނޑު ކުރުކޮށް ކޮށާލާ މީހުން މަދެއް ނޫނެވެ.
ކުޑަ މުއްދަތެއްގެ ތެރޭގައި އިސްތަށިގަނޑު ދިގު ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ގޭގައި ކުރެވިދާނެ ކުދިކުދި ކަންތައްތައް އެބަހުއްޓެވެ. މިސާލަކަށް އެންމެ ފުރަތަމަ އިސްތަށިގަނޑު ގަތާށެވެ. ރޭގަނޑު ނިދަން ވުމުން އިސްތަށިގަނޑު ގަތާލައިގެން ނިދާށެވެ. މިއީ ވަރަށް އަވަހަށް އިސްތަށިގަނޑު ދިގުކޮށްލާ ކަމެކެވެ. ނަމަވެސް މިއީ އިސްތަށިގަނޑު ބުޅިވާންވެސް މަގުފަހިވާނޭ ކަމެކެވެ.
ދެވަނަ ކަމަކަށް އިސްތަށިގަނޑު ބްލީޗް ކުރުން ހުއްޓާލާށެވެ. ބްލީޗް ކުުރުމަށްފަހު ބޭނުންކުރަން ހާއްސަކޮށް އުފައްދާފައި ހުންނަ ޝޭމްޕޫ އަދި ކޮންޑިޝަނާ ބޭނުންކުރި ނަމަވެސް މާ އެދެވޭ ނަތީޖާއެއް ނުފެންނާނެ އެވެ. ބްލީޗް ކުރުމަކީ އިސްތަށިގަނޑު ހަލާކުވާ ކަމެއްވެސްމެ އެވެ.
އިސްތަށިގަނޑު ދިގު ކުރަން ބޭނުންނަމަ ކެއުމުގައި އޮމެގާ ތިނެއް ހުންނަ ކާނާ ހިމަނާ މިންވަރު އިތުރުކުރާށެވެ. އެއީ އިސްތަށިގަނޑަށް ވަރަށް މުހިންމު މާއްދާ އެކެވެ. އޮމެގާ ތިނެއް ހިމެނޭ ބައެއް ކާނާގެ ތެރޭގައި ކަނޑުމަސް އަދި ސެލްމަން ހިމެނެ އެވެ. މީގެ އިތުރުން ގިނައިން ފެން ބުއިމަކީވެސް މުހިންމު ކަމެކެވެ.
އަވަހަށް އިސްތަށިގަނޑު ދިގު ކުރަން ބޭނުން ނަމަ އިސްތަށިގަނޑު ބާރުކޮށް ނާއްސާށެވެ. އަބަދުވެސް ދޫކޮށްލާފައި ބާއްވާށެވެ. އިސްތަށިގަނޑު ބާރުކޮށް އައްސާފައި ބޭއްވުމަކީ އިސްތަށިގަނޑު ބަލިކަށިވާނެ ކަމެކެވެ. މީގެ އިތުރުން ކުކުޅު ބިސް މާސްކަކީވެސް އިސްތަށިގަނޑު އަވަހަށް ދިގު ކުރުމަށް އެހީވެދޭނެ އެއްޗެކެވެ. ކުކުޅު ބިސް ބޮލުގައި އުނގުޅުމަށްފަހު 20 ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު ދޮންނާށެވެ. ބޭނުންނަމަ ބިހާއެކު ކާށި ތެޔޮ ނުވަތަ ޔޯގަޓްވެސް ބޭނުން ކުރެވިދާނެ އެވެ.