ވިޔަފާރި

ފޮޓޯ ނަގާ މީހުންނަށް ހާއްސަ ހުވާވޭ ފޯނު ބާޒާރަށް ނެރެފި

May 23, 2017
  • އުރީދޫން ހާއްސަ އަގެއްގައި ފޯނު ލިބޭނެ
  • ފޯނުގައި 20 މެގަޕިކްސެލްގެ ކެމެރާ ހިމެނޭ
  • ދެ ފޯނެއް ބާޒާރަށް، ހާއްސަ ފީޗާތަކެއް ހިމެނޭ

ފޮޓޯ ނަގާ މީހުންނަށް ހާއްސަ ގިނަ ސިފަތަކެއް ހިމެނޭ، ހުވާވޭ ފޯނު އުރީދޫއާ ގުޅިގެން މިރޭ ބާޒާރަށް ނެރެފި އެވެ.

އާޓިފިޝަލް ބީޗްގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހުވާވޭ އިން އުފައްދާފައިވާ "ޕީ10" އަދި "ޕީ10 ޕްލަސް" ބާޒާރަށް ނެރުއްވައި ދެއްވީ އުރީދޫގެ ސީއީއޯ ނަޖީބު ހާނެވެ.

ހުވާވޭއިން ނެރުނު ޕީ10 އަށް ފުރިހަމަކަން ގެނެސްދެނީ ޑައިމަންޑް ކަޓް ފިނިޝިންގެ ސަބަބުނެނެވެ. މި ފޯނުގެ ޑިޒައިންއަކީ ސްމާޓް ފޯން އިންޑަސްޓްރީގައި އާ ކުރިއެރުން ތަކެއް ހޯދައިދީފަ އެވެ.

މި ފޯނުގައި ތައާރަފްކޮށްފައިވާ ލެއިކާ ޑުއަލް ކެމެރާގައި 20 މެގަޕިކްސެލް ހިމެނެ އެވެ. މީގެ އިތުރުން މޮނޮކްރޯމް ސެންސަރާއި، 12 މެގަޕިކްސެލްގެ އާރްޖީބީ ސެންސަރުގެ އެހީގައި ޕީ10 އިން އެންމެ ފުރިހަމަ ކަމާއެކު ފޮޓޯތައް ނެގުމަށް ބޭނުން ކުރެވޭ ހާއްސަ ފީޗަރުތަކުގެ ތެރޭގައި 3ޑީ ފޭޝަލް ޑިޓެކްޝަން، ޑައިނަމިކް އިލޫޝަންތައް ވެސް ހިމެނެ އެވެ. އަދި މި ފޯނަކީ ނެޗުރަލް ޕޯޓްރެއިޓް ނަގަން ހާއްސަ ފޯނެކެވެ.

މީގެ އިތުރުން، ޕީ10ގެ ލެއިކާ ކުރިމަތީ ކެމެރާ މެދުވެރިކޮށް ކުރީގެ ފޯނުތަކަށް ވުރެ ދެގުނަ އަށް އަލި ފޯރުކޮށްދެ އެވެ. އަދި މިކަމުގެ ސަބަބުން، ދުވާލު ނުވަތަ ރޭގަނޑު ކަމުގައި ވިޔަސް، ވަރަށް ރީތި ފޮޓޯ ތަކާއި "ސެލްފީ" ތައް ނަގާލެވޭނެ އެވެ. ހުއާވޭ ޕީ10 ގެ ލެއިކާ ޑުއަލް ކެމެރާ 2.0 ގައި އެފް2.2 އެޕާޗާގެ ދެ "ސަމަރިޓް-އެޗް" ލެންސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، 4ކޭ ވީޑިއޯ، އޮޕްޓިކަލް އިމޭޖް ސްޓޭބަލައިޒޭޝަން، އަދި ސުޕީރިއާ ލޯ ލައިޓް ފޮޓޯގްރަފީ ފަދަ ފީޗަތައް ވަނީ ޕީ10 އަށް ލިބިފަ އެވެ.

އުރީދޫން ވަނީ މި ފޯނުތައް ވިއްކުމަށް ހާއްސަ އަގުތަކެއްވެސް ކަނޑައަޅާފަ އެވެ. އެގޮތުން އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ ޕެކޭޖާއި އެކު، ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ލިބޭނެ އެވެ. އަދި މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު ދެ ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެ އެވެ. އަދި ހުވާވޭ ޕީ10ގެ ފޯނެއް ވިއްކަނީ 8،299ރ. އަށެވެ. އަދި ހުވާވޭ ޕީ10 ޕްލަސްގެ ފޯނެއް 9،899ރ. އަށް ލިބެ އެވެ.

ހަމައެއާއެކު، މަހަކު އެންމެ 650 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ވާވޭ ޕީ10 ސީރީޒްގެ ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް އުރީދޫ އިން ވަނީ މިއަދު ފަށާފަ އެވެ. މި ޕްލޭން ހާއްސަކުރެވިފައިވަނީ ޕޯސްޓްޕެއިޑް 249، 299، 399، 499، 749، 899، 999، 1499 ނުވަތަ 1999 ހިޔާރު ކުރެވޭނެ އެވެ. އެގޮތުން ހުވާވޭ ޕީ10ގެ ޑައުންޕޭމަންޓުގެ ގޮތުގައި ލިބެނީ 1،199ރ. އެވެ. މި ފޯނަށް މަހުފީގެ ގޮތުގައި ދައްކަން ޖެހެނީ 650ރ. އެވެ. އަދި ހުވާވޭ ޕީ10 ޕްލަސް ޑައުންޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހެނީ 1،399ރ. އެވެ. މަހުފީއަކީ 800ރ. އެވެ. އަދި އިންސްޓޯލްމަންޓް ޕްލޭން ޚިޔާރުކުރައްވާ މީހުންނަށް އެއް އަހަރުގެ މުއްދަތަށް، މަހަކު ދެ ޖިބީ ޑޭޓާ ހިލޭ ލިބިގެންދާނެ އެވެ.