ހައްޖުގެ އަޅުކަން

ހައްޖާއި އުމުރާއަށްދާ މީހުންގެ ސިއްހީ ކަންކަމާއި އައިޖީއެމްއެޗުން ހަވާލުވެއްޖެ

May 24, 2017
ހައްޖަށާއި އުމުރާއަށްދާ މީހުންގެ ސިއްހީ ކަންކަމާއި އައިޖީއެމްއެޗުން ހަވާލު ހައްޖު ކޯޕްރޭޝަން އާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމުގެ ތެރެއިން-- ފޮޓޯ ހައްޖު ކޯޕަރޭޝަން
0%
0%
0%

ހައްޖަށާއި އުމުރާއަށްދާ މީހުންގެ ސިއްހީ ކަންކަމާއި އައިޖީއެމްއެޗުން ހަވާލުވެ ހައްޖު ކޯޕަރޭޝަންއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

އައިޖީއެމްއެޗް ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިޖީއެމްއެޗްގެ ފަރާތުން އެއްބަސްުމުގައި ސޮއި ކުރީ މެޑިކަލް ސާވިސް ޑިރެކްޓާ ޑރ. އަލީ ނަޒީމް އެވެ. އަދި ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އެވެ.

އެ ރަސްމިއްޔާތުގައި ޔާމީން އިދުރީސް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ހައްޖު ދަތުރުގައި ބައިވެރިވާ ސްޕެޝަލިސްޓް ޓީމުން ސިއްހީ ކަންތައްތައް ބެލެހެއްޓި ދަތުރުގެ ކުރިންނާއި ދަތުރުގެ ފަހުން ހަދަންޖެހޭ މެޑިކަލް ޗެކަޕްގައި އައިޖީއެމްއެޗްގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

"އެމްއޯޔޫގެ ދަށުން މެޑިކަލް ޓީމް ނެގިގެންދާނީ އައިޖީއެމްެޗްގެ ލަފާގެ މަތިން އައިޖީއެމްއެޗްގައި މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ޓީމެއް،" ޔާމީން އިދުރީސް ވިދާޅުވި އެވެ.

ނަޒީމް ވިދާޅުވީ އެއްބަސްވުމުގެ ދަށުން އައިޖީއެމްއެޗްގެ ޓީމެއް ދުރާލާ ހައްޖަށްދާ މީހުންގެ ޓެސްޓްތައް ހަދައި ވެކްސިން ދިނުމުގެ އިތުރުން ސއްހީ ގޮތުން ފޯރުކޮށްދޭން ޖެހޭ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭނެ ކަމަށެވެ.

"ކުރިއަށް އޮތް ތިން އަހަރު ދުވަހު މެޑިކަލް ހުރިހާ ކަމެއް އައިޖީއެމްއެޗުން ބަލަހައްޓަނަން. މި ތިން އަހަރަށް ބަލާފަ އިތުރު ކުރަން ވިސްނާނަން." ނަޒީމް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910