މިއަދު ރާއްޖޭގައި މި އަހަރުގެ ބަރަކާތްތެރި ރޯދަ މަސް ފެށި ނަމަވެސް ދުނިޔޭގެ އެކި ސަރަހައްދުތަކަށް ރޯދަ މަސް ފެށޭނީ އެކި ދުވަހު އެވެ. އެކަމަކު އެގޮތުން އަންނަ ފަރަގެއް އެހާ ބޮޑެއް ނުވާނެ އެވެ. ގައިމުގެ ވެސް ތިން ހަތަރު ދުވަސް ތަފާތެެއް ނުވާނެ އެވެ. އެކަމަކު ރޯދައަށް ތިބެން ޖެހޭ ވަގުތު އަޅާ ކިޔާ،ލައިފި ނަމަ ވަރަށް ބޮޑު ތަފާތެއް ފެންނަން އެބައޮތެވެ.
މިއަހަރު އެންމެ ގިނަ އިރު ރޯދައަށް ތިބެން ޖެހޭނީ ގްރީންލޭންޑްގައި ރޯދަ ހިފާ މީހުންނެވެ. އެތަނުގައި 21 ގަޑި އިރު ރޯދައަށް ތިބެން ޖެހޭ އިރު ރޯދަ ހިފަން ތިބީ ކިހާ މީހުންނެއް ކަމެއް ނޭނގެ އެވެ. އެތަނުގައި 2013 ވަނަ އަހަރު އެންމެ މީހަކު އެހާ ދިގުކޮށް ރޯދައަށް ހުއްޓެވެ.
އެކި ގައުމުތަކުގައި ރޯދައަށް ތިބެން ޖެހޭ ވަގުތު ބަޔާންކޮށް އަލްޖަޒީރާއިންް އެކުލަވާލާފައިވާ ލިސްޓްގައިވާ ގޮތުން އެންމެ ކުރުކޮށް ރޯދަ ހިފަން ޖެހޭނީ ޗިލީގައި ދިރިއުޅޭ މީހުންނެވެ. އެމީހުން ރޯދައަށް ތިބެން ޖެހޭނީ 10 ގަޑި އިރު އެވެ.
އެކި ގައުމުތަކުގައި ރޯދައަށް ތިބެން ޖެހޭ ވަގުތު
ނޫކް، ގްރީން ލޭންޑް: 21 ގަޑި އިރު ( ފަތިސް ވާނީ 2.16 ގައި، އިރު އޮއްސޭނީ 23.14ގައި)
ސްޓޮކްހޯމް، ސްވިޑުން: 19:5 ގަޑި އިރު ( ފަތިސް ވާނީ 1.57 ގައި، އިރު އޮއްސޭނީ 21.39 ގައި)
މޮސްކޯ، ރަޝިޔާ: 19 ގަޑި އިރު. ( ފަތިސް ވާނީ 1.49 ގައި، އިރު އޮއްސޭނީ 20.56 ގައި)
ލަންޑަން، ޔޫކޭ: 18:5 ގަޑި އިރު ( ފަތިސް ވާނީ 2.29 ގައި، އިރު އޮއްސޭނީ 21.03 ގައި)
އަސްތާނާ، ކަޒަކިސްތާން: 18،5 ގަޑި އިރު ( ފަތިސް ވާނީ 2.43 ގައި، އިރު އޮއްސޭނީ 21.15 ގައި)
ބްރަސުލްސް، ބެލްޖިއަމް: 18،5 ގަޑި އިރު ( ފަތިސް ވާނީ 3.12 ގައި، އިރު އޮއްސޭނީ 21.41 ގައި)
ބިއިޖިން، ޗައިނާ: 16،5 ގަޑި އިރު ( ފަތިސް ވާނީ 2.55 ގައި، އިރު އޮއްސޭނީ 19.33 ގައި)
ނިއުޔޯކް، ޔޫއެސްއޭ: 16،5 ގަޑި އިރު ( ފަތިސް ވާނީ 3.54 ގައި، އިރު އޮއްސޭނީ 2.17 ގައި)
ޓޯކްޔޯ ޖަޕާން: 16 ގަޑި އިރު ( ފަތިސް ވާނީ 2.54 ގައި، އިރު އޮއްސޭނީ 18.49 ގައި)
ކާބުލް، އަފްޣާނިސްތާން: 16 ގަޑި އިރު ( ފަތިސް ވާނީ 3.02 ގައި، އިރު އޮއްސޭނީ 18.58 ގައި)
ރަބާތު، މަޣުރިބު: 16 ގަޑި އިރު. ( ފަތިސް ވާނީ 3.38ގައި، އިރު އޮއްސޭނީ 19.31 ގައި)
އިސްލާމް އާބާދު، ޕާކިސްތާން: 16 ގަޑި އިރު ( ފަތިސް ވާނީ 3.20 ބގައި، އިރު އޮއްސޭނީ 19.11ގައި)
ގާހިރާ، މިސްރު: 15،5 ގަޑި އިރު ( ފަތިސް ވާނީ 3.13 ގައި، އިރު އޮއްސޭނީ 18.49 ގައި)
ނިއުދިއްލީ، އިންޑިއާ: 15 ގަޑި އިރު ( ފަތިސް ވާނީ 3.54 ގައި، އިރު އޮއްސޭނީ 19.12ގައި)
ކޮވްލޫން، ހޮންކޮން: 15 ގަޑި އިރު ( ފަތިސް ވާނީ 4.16 ގައި، އިރު އޮއްސޭނީ 19.01 ގައި)
ޑާކާ، ބަންގްލަދޭޝް: 15 ގަޑި އިރު ( ފަތިސް ވާނީ 3.47 ގައި، އިރު އޮއްސޭނީ 18.40 ގައި)
މަސްކަޓް، އުމާން: 15 ގަޑި އިރު ( ފަތިސް ވާނީ 3.42 ގައި، އިރު އޮއްސޭނީ 18.47 ގައި)
ރިޔާޒު، ސައުދީ އަރަބިއްޔާ: 15 ގަޑި އިރު ( ފަތިސް ވާނީ 3.36 ގައި، އިރު އޮއްސޭނީ 18.36 ގައި)
ދޯހާ، ގަތަރު: 15 ގަޑި އިރު. ( ފަތިސް ވާނީ 1.49 ގައި، އިރު އޮއްސޭނީ 20.56 ގައި)
ޚަރުތޫމް، ސޫދާން: 14،5 ގަޑި އިރު ( ފަތިސް ވާނީ 4.52 ގައި، އިރު އޮއްސޭނީ 19.16 ގައި)
އަދަން، ޔަމަނު: 14 ގަޑި އިރު ( ފަތިސް ވާނީ 4.13 ގައި، އިރު އޮއްސޭނީ 18.22 ގައި)
ޑެސީ ، އިތިއޯޕިއާ: 14 ގަޑި އިރު ( ފަތިސް ވާނީ 4.35 ގައި، އިރު އޮއްސޭނީ 18.28 ގައި)
ކުއާލަލަމްޕޫރު، މެލޭޝިއާ: 13،5 ގަޑި އިރު ( ފަތިސް ވާނީ5.39 ގައި، އިރު އޮއްސޭނީ 19.19 ގައި)
ލުއާންޑާ، އެންގޯލާ: 13 ގަޑި އިރު ( ފަތިސް ވާނީ 5.01 ގައި، އިރު އޮއްސޭނީ 17.54 ގައި)
ސައޮޕޯލޯ، ބްރެޒިލް: 13 ގަޑި އިރު ( ފަތިސް ވާނީ 4.19 ގައި، އިރު އޮއްސޭނީ 17.11 ގައި)
ޖަކާޓާ، އިންޑޮނޭޝިއާ- 13ގަޑި އިރު ( ފަތިސް ވާނީ 4.34 ގައި، އިރު އޮއްސޭނީ 17.54 ގައި)
ހަރާރޭ، ޒިމްބާބްވޭ: 12،5 ގަޑި އިރު ( ފަތިސް ވާނީ 5.02 ގައި، އިރު އޮއްސޭނީ 17.28 ގައި)
ޕްރިޓޯރިއާ، ސައުތުްއެފްރިކާ: 12 ގަޑި އިރު. ( ފަތިސް ވާނީ 5.23 ގައި، އިރު އޮއްސޭނީ 17.26 ގައި)
ކޭޕްޓައުން، ސައުތު އެފްރިކާ: 11،5 ގަޑި އިރު ( ފަތިސް ވާނީ 6.12 ގައި، އިރު އޮއްސޭނީ 17.47 ގައި)
ކެމްބެރާ، އޮސްޓްރޭލިއާ: 11،5 ގަޑި އިރު ( ފަތިސް ވާނީ 5.31ގައި، އިރު އޮއްސޭނީ 17.02 ގައި)
ޕުންޓާ، ޗިލީ: 10 ގަޑި އިރު ( ފަތިސް ވާނީ 6.34 ގައި، އިރު އޮއްސޭނީ 16.41 ގައި)