ހައްޔަރު ކޮށްފައިވާ އާދަމް އާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކޮށްފި އެވެ.
އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި އަދި ކުރީގެ ޑިފެންސް މިިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮއްކޯފުޅު އާޒިމް ހައްޔަރުކުތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި އޭގެ ފަހުން ކޯޓުން ވަނީ އާޒިމްގެ ބަންދު އިތުުރުކޮށްދީފަ އެވެ.
އާޒިމް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ސަރުކާރު ބަދަލު ކުރަން އުޅުއްވުމުގެ ތުހުމަތުގަ އެވެ.