ލައިފްސްޓައިލް

މިއިން ސުވާލެއް އަންހެނުންނާ ނުކުރާތި!

Jun 16, 2017
14

"ކޮންތާކަށް ތިދަނީ؟ ކިހާ އިރެއްވާނެ؟" ގެއިން ނުކުންނަން ދަނިކޮށް މިއިން ސުވާލެއް ފިރިމީހާ އާ ކޮށްލަބަލާށެވެ. ބައެއް ފިރިހެނުންގެ ރުޅިގަނޑު ފައްސަތޭކަ އިން މައްޗަށް ދާނެ އެވެ. އެންމެ ފަސޭހައިން ފިރިމީހާގެ ރުޅި ސިފަކޮށްދެވޭނީ އޭރުންނެވެ. ބައެއް ފިރިހެނުން ބުނާ ގޮތުން ނަމަ އެއިން ސުވާލެއް އެމީހުންނާ ކޮށްގެން ނުވާނެ އެވެ. އިތުބާރުކުރާ ނަމަ އެ ސުވާލުތައް ކުރުމުގެ ބޭނުމެއް ނެތެވެ.

އެހެން ނަމަވެސް އަނބިމީހާ ނުވަަތަ ލޯބިވެރިޔާ ބޭރަށް ދާނަމަ ކޮންމެހެންވެސް މި ސުވާލުތައް ކުރާނެ އެވެ. އެއަށްވުރެ ގިނަ ސުވާލުތައް ކުރާނެ އެވެ. އެންމެ މޮޅު ކަމަކީ އެ ހުރިހާ ސުވާލަކަށް ޖަވާބު ދިނުމަށް ފަހު ނޫނީ ގެއިން ނުކުންނަ ދޮރާ ދިމާވެސް އަންހެން މީހާއަށް ބަލައިލުމުގެ ހުއްދަ ނޯންނާތީ އެވެ. ފިިރިހެނުން ވިސްނަން ޖެހޭ ކަމެއް ކަމަށް ގިނަ އަންހެނުން ބުނާ ވާހަކައެއް އޮވެ އެވެ. ފިރިހެނުންނާ އެ ސުވާލުތައް ކުރުމުން ހިންހަމަ ނުޖެހޭއިރު އެއީ އަންހެނުންވެސް ހިންހަމަ ނުޖެހޭ ކަން އެމީހުން ދަންނަން ވާނެ ކަމެެވެ.

"މިސާލަކަށް ގެއިން ބޭރަށް މި ދަނީ ފިހާރައަކަށް. ރައްޓެހިންނާއެކީގައި ދެން ކުޑަކޮށް ވަގުތުކޮޅެއް ހޭދަކޮށްލަންށާ އެކީ؟ އެންމެ ފުރަތަމަވެސް ފިރިމީހާ އަހާނެ ކިހާ އިރެއްވާނެ ހޭ؟ 10 ޖަހަން ވާއިރަށް އާދެވޭނެހޭ؟ ނޫނީ ލަސްވަންޏާ ނުދެވޭނޭ. އެންމެ ރަނގަޅު. އެމީހުނަށް އެނގެން ޖެހޭނެ. އެކަމަކު ދެވިގެން ދޯ އެނގޭނީ ކިހާއިރެއް ވާކަން. އެމީހުން ކޮންމެ ދުވަހަކު ރައްޓެހިންނާ އެކީ ތިން ހަތަރު ގަޑިއިރު ކޮފީގައި ތިބޭ. އަހަރުމެން ތިން މަހުން އެއް ފަހަރު ގޮތަކަށް ރައްޓެހިންނާ ދިމާވެ ބާޒާރުކޮށްލަން ނުކުންނަ އިރު ލަސްވެސް ވެދާނެ ދޯ. އެވަރު ފިރިން ދަންނަން ޖެހޭނެ" ބޭރަށް ދާ ކޮންމެ ފަހަރަކު ފިރިމީހާ ސުވާލު ކުރާ ވާހަކަ ދައްކަމުން 28 އަހަރުގެ އަންހެނަކު ބުންޏެވެ.

ހަމައެކަނި ފިރިންނާ ނުލާ ބޭރަށްދާ އިރު އެކަންޏެއް ނޫނެވެ. ދެ މީހުން އެކުގައި ތަނަކަށް ދާން އުޅޭއިރު އަންހެނުން ތައްޔާރުވާން ގިނަ ވަގުތު ބޭނުންވުމަކީވެސް ފިރިން ނިކަން މައްސަލަ ޖައްސާ ކަމެކެވެ. ކިތަންމެ ހިންހަމަ ނުޖެހުނަސް އެންމެ ރަނގަޅު ގޮތަކީ އެކަމަށް އެއްޗެއް ނުބުނެމެވެ. އަންހެނުން އެފަދަ ކަންކަމަށް ވަގުތު ބޭނުންވާ ވަރާއި މެދު ސުވާލު ކުރުމަކީ އެމީހުން ވަރަށް ނުރުހޭ ކަމެކެވެ. ރުޅި އައިސްގެން ބޭރަސް ދިއުމުގެ ޕްލޭން ކެންސަލްވެސް ކޮށްފާނެ އެވެ. މުޅި ރޭގެ ޕްލޭން ފަނިވާނެ އެވެ.

ދަރިން ލިބި އަންހެން މީހާގެ ހަށިގަނޑަށް ބަދަލު އައިސް ފަލަ ވުމަކީ ބައެއް ފިރިހެނުން އަންހެނުން މަތިން ފޫހި ކުރުވާ ކަމެކެވެ. އެހެން ނަމަވެސް އަންހެނުންނާ ދިމާއަށް އެހެން ނުބުނާށެވެ. ކަސްރަތުކޮށްގެން ހިކި ތިއަށްވުރެ ރީތި ވާނެ ވެއްޖެ ނޫންހޭ ނުބުނާށެވެ. އަނބިމީހާ ވީ ގުރުބާނީގެ އަގު ވަޒަން ނުކުރެވެނީ ކަމަށް އަނބިމީހާ ހީކުރާނެ އެވެ. އެހެންވީމަ އަންހެނުން ހުންނަ ގޮތާއި ދޭތެރޭ ހިންހަމަ ނުޖެހޭނަމަ ދެ މީހުން އެކީގައި ދުވަން ގޮސް ކަސްރަތު ކުރަން ހިޔާލުދީ އެންމެ ގާތުގައި ހުންނަން ކިހިނެއް ހެއްޔެވެ؟ ލޯބިވެތި އުފާވެރި ވަގުތުތަކަކަށް ވާނެ އެވެ.

އޮޅިގެންވެސް އަންހެނުންގެ ކުރީގެ ލޯބިވެރިންގެ ވާހަކަ ނާހައްޗެވެ. ގިނަ ފަހަރަށް ގުޅުމެއް ނިންމާލާއިރު ހުރިހާ ޒިންމާއެއް ނަގަން ޖެހޭ ބަޔަކީ ފިރިހެނުން ކަމަށް ގިނަ އަންހެނުން ގަބޫލުކުރެ އެވެ. އެހެންކަމުން އެމީހުން ތިބޭނީ އެ ފިރިހެނުން ދެކެ ނިކަން ބޮޑަށް ރުޅި އައިސްފަ އެވެ. ދެވަނަ ކަމަކަށް އެ ގުޅުންތަކަކީ މިހާރުގެ ދިރިއުޅުމަށް އެއްވެސް ބޭނުމެއް ހުރި ވާހަކަތަކެއް ބޭނުމެއް ނޫނެވެ. އެކަންތައް ނިމިއްޖެ އެވެ. އެކަންތައް ހަނދާން ނައްތާލުމަށްފަހު އެ މަސައްކަތް ކުރަނީ މިހާރުގެ ދިރިއުޅުން އެންމެ ފުރިހަަމަ ގޮތުގައި ކުރިއަށް ގެންދާށެވެ.

"މިއަދު ފިހާރަ ތެރެއިން ދިމާވެގެން ވާހަކަ ދެއްކީ ކޮން ފިރިހެނަކާ؟"

އެންމެ ފުރަތަަމަ އަހާލަން އޮތީ އަނބިމީހާ ނުވަތަ ލޯބިވެރިޔާއަށް ކިހާވަރަކަށް އިތުބާރު ކުރަން ހެއްޔޭ އެވެ. އޭނާގެ ހުރިހާ ރައްޓެހިން ތިބާ ނުދަނެ ފާނެ އެވެ. އެއީ އަލަށް އޮފީހަށް ވަދެގެން އުޅޭ މީހަކަށްވެސް ވެދާނެ އެވެ. އެއީ އަންހެނުންގެ ގާތް މީހެއް ނަމަ ސުވާލު ނުކުރިއަސް އެއި ކާކުކަން ބުނެދޭނެ އެވެ.