ލައިފްސްޓައިލް

މިސްޓަ ރައިޓް ނުފެންނަނީ އަމިއްލަ މައްސަލައަކުން!

Jul 4, 2017

ސޯޝަލް މީޑިއާގައި ދައުރުވާ ޕޯސްޓުތަކަށް ބަލާއިރު އެންމެ ގިނަ އެއް ވާހަކައަކީ އުމުރުގެ ވަކި ހިސާބެއްގައި ލޯބިވެރިއެއް ނުލިބިއްްޖެނަމަ އުމުުރު ދުވަަހު ހުންނަން ޖެހޭނީ ހުސްހަށިބައިކޮށް ކަމަށް ބުނާ ޕޯސްޓުތަކެވެ. އުމުރުގެ ވަކި ހިސާބެއްގައި ދިމާވާނީ ވަގުތީ ލޯބިވެރިންތަކެއް ކަމަށް ބުނާ ޕޯސްޓުތައް ހުރެ އެވެ. އެއީ މާބޮޑު ހަގީގަތެއް އެކުލެވޭ އެއްޗެއް ނޫން ނަމަވެސް ރައްޓެހިން އެ ޕޯސްޓުތަކުގައި ޓެގު ކުރެވެ އެވެ. އަމިއްލަ ދިިރިއުޅުމާ ދޭތެރޭ ވިސްނާލެވޭ ދޯއެވެ.

"މިސްޓަ ރައިޓް" ހޯދަން އެތައް ދުވަހެއް ވަންދެން ހުރެވެނީ އެވެ. އެންމެ އިތުބާރުކޮށް އަތުގައި ހިފައިގެން ހިނގައި ގަނެފައި "ކަށި ޖަންގައްޔާ" ހިސާބުން ދޫކޮށްލާފައި ދަނީ އެވެ. އެހެންވެ ލޯތްބަށް ކުރާ އިތުބާރު ގެއްލެނީ އެވެ. ނުވަތަ އިތުބާރު ކުޑަވަނީ އެވެ.

އެއް ފަހަރުވެސް އަމިއްލަ މީހާ ބަދަލުވާން ވިސްނާލިން ހެއްޔެވެ؟ އަމިއްލަ އެޓިޓިއުޑްގެ ސަބަބުން ވެސް އެހެންވެދާނެ އެވެ. ހަގީގީ ލޯބިވާ މީހެއް ނަމަ އެމީހެއްގެ ގޮތުގައި ބަލައިގަންނާނެ އެވެ. އެއްވެސް ބަދަލެއް ގެންނަން ބޭނުމެއް ނުވާނެ އެވެ. އެކަމަކު ބައެއް ފަހަރު ލޯބި ލިބޭނީ ގުރުބާނީއެއް ވެގެންނެވެ.

ގުރުބާނީއޭ ބުންޏަސް ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާ ލޯބިވެރިން ވީ ވަރުގެ ގުރުބާނީތައް ކޮންމެހެން ވާކަށް ނުޖެހެ އެވެ. އެންމެ ލޯބިވާ މީހާ ބޭނުންވާ ގޮތަށް އިސްތަށިގަނޑު ނުވަތަ ހެދުން އެޅުން ބަދަލުކޮށްލެވިދާނެ އެވެ. އެއީ ރަނގަޅު ބަދަލެއް ނަމަ އެވެ.

ހަގީގަތުގައި "މިސްޓަ ރައިޓް" ގެ ގައިގައި ހުންނަން ޖެހޭ ސިފަތަކުގެ ގޮތުގައި ކަނޑައަޅާފައި ހުރި ހުރިހާ ސިފައެއް ހުރި އިންސާނަކު ނުލިބިދާނެ އެވެ. އެކަމަކު އެއިން ގިނަ ސިފަތައް ފުރިހަމަވެ އެއީ ރަނގަޅު އަދި ތިމާ ދެކެ ލޯބިވާ މީހެއް ނަމަ އެއީ "މިސްޓަ ރައިޓް" އެވެ. އެންމެ ފުރިހަމަ މީހާ ހޯދަން ހުއްޓާ އެކަކުވެސް ނިލިބިދާނެ އެވެ. އެއްވެސް ފިރިހެނަކު އެތައް އަހަރެއް ވަންދެން އުންމީދެއް ނެތް މީހަކަށްޓަކައި އިންތިޒާރެއް ނުކުރާނެ އެވެ. މި ދެ ކަންތައް ބަދަލުކޮށްލާފައި ލޯބީގެ މައިދާނަަށް ނުކުންނާށެވެ. ކާމިޔާބު ވާނެ އެވެ.