ހަބަރު

"ދަ ލެގަސީ" ދަރުސްގެ ވޮލަންޓިއަރުންނަށްވާން ހުޅުވާލައިފި

Jul 7, 2017

މިމަހުގެ 13ވަނަ ދުވަހުގެ ރޭ "ދަ ލެގަސީ" އިން ކުރިއަށް ގެންދާ ދަރުސްގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އެ ދަރުސްގައި ވާހަކަ ދައްކަވާ ދަރުސް ދެއްވާނެ އެވެ. ދަރުސް އިންތިޒާމްކުރާ ޕީސް ފައުންޑޭޝަން އިން ބުނީ އެ ހަރަކާތުގަިއ ވޮލަންޓިއަރުންނާ ކަންކަން ހަވާލުކުރާނީ ވޮލަންޓިއަރުންގެ ހުނަރަށް ބަލާފައި ކަމަށެވެ. އަދި ވޮލަންޓިއަރުންގެ ގޮތުގައި ނަގަން ހަމަޖެހިފައިވަނީ އެކަމަށް ޝައުގުވެރިވާ ފިރިހެނުންނެވެ.

ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދަރުސް ނިންމާލުމަށްފަހު ޑރ. ބިލާލް ފިލިޕްސް އާ ބައްދަލުކޮށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ވޮލަންޓިއަރުންނަށް ވާން ބޭނުންވާ ފަރާތްތަކުން 7778167 އާ ގުޅައިގެން ނަން ނޯޓު ކުރެވޭނެ އެވެ. އަދި [email protected] އަށް މެއިލް ކޮށްގެން ނަން ނޯޓު ކުރެވޭނެ އެެވެ.

އެ ދަރުސް އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު އިސްލާމީ މަރުކަޒު ހުންނަ ސަރައްހަދުގަ އެވެ. ދަރުސް ޕީއެސްއެމްގެ ޗެނަލްތަކުން ލައިވް ކުރާނެ އެވެ. އަދި އެ ދަރުސް ނިންމާލުމަށް ފަހު ބިލާލް ފުވަމުލަކު ސިޓީއަށް ފުރާވަޑައިގެން އެ ރަށުގައި ވެސް ދަރުސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.