ހަބަރު

10 މީހުނާއެކު ކަންނެލި ދޯންޏެއް ކޮޅުފުށީ ފަރަށް އަރައިފި

ދިހަ މީހުނާއެކު ދަތުރުކުރި ކަންނެލި މަސްވެރިކަންކުރާ ދޯންޏެއް މ. ކޮޅުފުށީ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ 10 މީހުންނާއެކު ދަތުރުކުރި "ނޫރު" ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 10:20 އެހާކަންހާއިރު ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިމަހު ވަނީ ކަނޑުމަތީގެ އިތުރު ދެ ހާދިސާއެއްވެސް ހިނގާފަ އެވެ. އެއީ މުދަލާއެކު މާލެއިން އައްޑު އަށް ދަތުރު ކުރަމުންދަނިކޮށް، ވ. އަތޮޅު އަލިމަތާ ރިސޯޓް ކައިރިން ގިރިއަކަށް ދޯންޏެއް އެރި ހާދިސާއާ މާލެއިން ފުރައިގެން ދ. ކަނޑިންމަ ރިސޯޓަށް ދަތުރު ކުރަނިކޮށް ކ. ބޮލިފުށީ ފަރަށް އެރި ދޯނީގެ ހާދިސާ އެވެ.