ހަބަރު

ޑެލިވަރީ ބޯއީއަށް ހަމަލާދީ ތިން ޕިއްޒާ ފޭރިގެންފި

Jul 16, 2017
5

ޕިއްޒާ ބޯނާގެ ޑެލިވަރީ ބޯއީއަށް ބަޔަކު ހަމަލާދީ އޭނާގެ އަތުން ތިން ޕިއްޒާ ފޭރިގަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ޕިއްޒާ ބޯނާއިން ބުނީ، ޕިއްޒާ ޑެލިވާ ކުރަމުން ދިޔަ އެތަނުގެ މުވައްޒަފަަށް ބަޔަކު އިއްޔެގެ ހަވީރުގެ ވަގުތެއްގައި ބިރުދައްކައި އޭނާއަށް ހަމަލާދިނުމަށް ފަހު ތިން ޕިއްޒާ ފޭރިގަތް ކަމަށެވެ. އަދި އެކަން ހިންގާފައި ވަނީ އަނޯނާ ގޯޅީގައި ކަމަށް ވެސް އެތަނުން ބުންޏެވެ. އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފަ އެވެ.

މިިދިޔަ ރޯދަ މަހުގެ ތެރޭގައި މާލޭގައި ފޭރުމުގެ އަމަލުތައް ވަރަށް ބޮޑަށް އިތުރުވެ އެކަމާ ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރި އެވެ. އެ މައްސަލަތަކުގައި ފުލުހުން ގިނަ ބަޔަކު ހައްޔަރުކޮށް މައްސަލަތައް ދަނީ ތަހުގީގު ކުރަމުން އެވެ.

މަޖީދީ މަގުގައި ހުންނަ ޕިއްޒާ ބޯނާއަށް މީގެ ކުރިން ބަޔަކު ހަމަލާދީ އެތަނުގެ ބިއްލޫރިގަނޑު ވެސް ތަޅާލި އެވެ.