ހަބަރު

ފަޅު ރަށަަކަށް ދަތުރުދިޔަ ދެ މީހަކު ފިހިއްޖެ

ގދ. އަތޮޅުގެ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ދެ މީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ ގދ. އަތޮޅުގައި އޮންނަ ކަފިނަ ކައިރީ އޮތް ފަޅު ރަށަކަށް ދަތުރު ދިޔަ ގުރޫޕެއްގެ ތެރެއިން ދެ މީހަކު ފިހިގެން ތިނަދޫގައި ހުންނަ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. އެމީހުންގެ ހާލު ސީރިއަސްއެއް ނޫނެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިރޭ 7:30 ހާއިރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ފަރާތުން ކަމަށެވެ. އަދި އެމީހުން ގެންގޮސްފައިވަނީ ފުލުހުންގެ އެހީތެރިކަމާއެކު ސީ އެމްބިއުލާންސްގަ އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ފިހިފައިވާ ކަމަށް ބެލެވެނީ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހުންނަކީ އެރަށަށް އޯވާނައިޓަކަށް ގޮސް އުޅުނު ބައެކެވެ.