ލައިފްސްޓައިލް

އުނަގަނޑުގައި ޖިންސު ހަރުނުލާ ފެޝަން ނިމިއްޖެ!

Jul 30, 2017
1

އަބަދުވެސް އެންމެ ފަހުގެ ޓްރެންޑްސްތަކާއި ފެޝަންތަކުގެ ފަހަތުން ދުވެ އެއާ އެއްވަރަށް ފައިހަމަ ކުުރުމުގައި ދިވެހިންނަކީ އެއްވެސް ބަޔަކަށް ދޫދޭ ބައެއް ނޫނެވެ. އާ ހެދުންތައް ދިވެހިންގެ ތެރެއަށް ފެތުރިގަންނަނީ ވަރަށް ބާރު މިނުގަ އެވެ.

މި ޓްރެންޑުސްތަކާއެކު ދިވެހިންގެ މުޖުތަމައާ ނުގުޅޭ ޓްރެންޑުތައްވެސް ބައެއް ފަހަރު އާދެ އެވެ. އަދި އެންމެ ފަހުގެ ފެޝަންގެ ގޮތުގައި ވުޖޫދުވެގެން އަންނަ ބައެއް ކަހަލަ ހެދުންތައް އެތައް އަހަރެއް ވާއިރުވެސް އެއްގޮތެއްގައި ދެމި ހުރެ އެވެ. ފާޑުކިއުންތަކާއެކު ވެސް ދިވެހިންގެ ތެރޭގައި ބޮޑު ލޯތްބެއް އުފެދިގެން ދިޔަ އެކައްޗަކީ އެކި ހިސާބުތަކުން ވީދައިގެން ގޮސް ހުންނަ ފާޑަށް ޑިޒައިން ހިމަނައިގެން ތައްޔާރުކޮށްފައި ހުރި ޖީންސެވެ. އެކަހަލަ ކިތަންމެ ހެދުމެއް އެބަހުއްޓެވެ.

ފަހަކަށް އައިސް ހެދުން އެޅުމުގެ އެންމެ ބޮޑު ބަދަލެއް އައި ބަޔަކީ ޒުވާން ފިރިހެނުންނެވެ. އަންހެނުންނެކޭ އެއްގޮތަށް ސްޓައިލަށް ހެދުން އަޅަން އެމީހުން ގިނަ މަސައްކަތްތަކެއް ކުރި އެވެ.އެންމެ ފަހުގެ ސްޓައިލްތަކަށް ބޯ ކޮށައި ތުނބުޅި ބެހެއްޓި އެވެ. ހެދުންވެސް މުނާސަބަތުތަކާއި ގުޅުވާލި އެވެ. ކެޝުއަލް ބޫޓުވެސް ހެދުމުގެ ތެރޭގައި ހިމަނައިގެނެވެ.

އެގޮތުން އައި އެންމެ ރަނގަޅު ބަދަލެއް ކަމަށް ގިނަ މީހުން ބުނަނީ އުނގަނޑުގައި ކިރިޔާ ހަރުލާ ވަރަށް ޖިންސު ނުވަތަ ފަޓުލޫނު ބެހެއްޓުމުގެ ސަގާފަތް ދިވެހިންގެ ތެރެއިން އެއްކޮށްހެން ނެތި ދިއުމެވެ. އެތައް އަހަރެއް ވަންދެން އެ ސަގާފަތް ދިވެހިންގެ ތެރޭގައި ހަރުލާފައި އޮތެވެ. އެހެން ނަމަވެސް މިއަދު ފެންނަނީ އެއާ ހިލާފަށް އުނަގަނޑުގައި ހަރުލާވަރަށް ހެޔޮވަރަށް ފިރިހެނުން ހެދުން އަޅާ މަންޒަރެވެ.

ޑީސެންޓް އަދި ސްމާޓް ކޮށް ދިވެހިން މިވަނީ ހެދުން އަޅަން ފަށާފަ އެވެ. އަދި އަބަދުވެސް ރީތިކޮށް ތިބުމަށް ސަމާލުކަން ދޭ ބައެއްގެ ގޮތުގަ އެވެ. އެންމެ ފަހުގެ ހެދުމާއި ބޫޓު އަދި ފައިވާން މާލޭގެ ގިނަ ފިހާރަތަކުން ނިކަން ހެޔޮ އަގުގައި ލިބެންވެސް އެބަހުއްޓެވެ.